މަސްޖިދުއް ސުލްތާން މުހައްމަދު ތަކުރުފާނުލް އައުޒަމްގައި މިއަދު ކުރެވުނު ހުކުރު ނަމާދު
2026-02-20 16:34:46
މިއަދުގެ ހުކުރު ހުތުބާގެ މައުޟޫއަކީ "ތަގުވާވެރިވުމާއި ތައުބާގެ މައްސަރު!" މި މައުޟޫއެވެ. މަސްޖިދުއް ސުލްތާން މުހައްމަދު ތަކުރުފާނުލް އައުޒަމްގައި އިމާމްވެ ހުކުރު ނަމާދު ކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމު އަލީ ސައީދު އެވެ. ރޯދައަށް ތިބޭ އިރު ތަގުވާވެރިކަންމަތީ ތިބެވޭތޯ ގަދައަޅައި މަސައްކަތްކުރާންވާނެ ކަމަށާއި ތަގުވާވެރިވުމަކީ ކޮންމެ ކަމެއްގައި ވެސް މާތް ﷲގެ އަމުރުފުޅުތަކަށް ކިޔަމަންވެ، އެކަލާނގެ ނަހީކުރެއްވި ކަންކަމުން ދުރުހެލިވުންކަމަށް ހުތުބާގައި ވަނީ ބުނެފަ އެވެ.