މުސްލިމުން ހަރަމްފުޅަށް ޖަމާވެ 27 ވިލޭރޭ އަޅުކަމުގައި
2026-03-16 12:47:49
ރަމަޟާން މަހުގެ އެންމެ ބަރަކާތްތެރިވެގެންވާ ރައިލަތުލްގަދްރި ވިލޭރޭ ކަމަށް އެންމެ ބޮޑަށް ބެެލެވޭ 27 ވިލޭރޭގެ އަޅުކަމަށް ރޭ ވެސް ކައުބަތުﷲ ގެފުޅަށް، އެތަނުގެ ފުލް ކެޕޭސިޓީއަށް މީހުން ޖަމާވޭ، ރަމަޟާން މަހުގެ ފަހު 10 ގެ ރޭތަކުގައި އާންމުކޮށް ހަރަމްފުޅު ސަރަހައްދަށް އެތަނުގެ ކެޕޭސިޓީއަށް ވުރެ އިތުރަށް މީހުން ޖަމާވެ އެވެ. ނަމަވެސް 27 ވިލޭރެއަކީ އަބަދުވެސް އާދަޔާ ހިލާފަށް މީހުން ގިނައިން ދާ ރެއެއް. ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި މި ރޯދަ މަހުގެ ފުރަތަމަ 20 ދުވަހު ހަރަމްފުޅަށް ޒިޔާރަތްކުރި މީހުންގެ އަދަދު 97 މިލިއަނާ ގާތްކުރޭ.