އީދުނަމާދު ބޮޑު ޖަމާއަތް - ހުޅުމާލެ ފޭސް 2
2026-03-20 10:17:20
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފިތުރު އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރި އެވެ. އީދު ނަމާދު ކޮށްފައިވަނީ ހެނދުނު 7:00ގައެވެ. މުސްލިމުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ދައްކުވައިދޭ އެއްކަމަކީ ޖަމާއަތުގައި ކުރެވޭ ނަމާދެވެ. ހާއްސަ ގޮތެއްގައި ބޮޑު ޖަމާއަތްތަކުން މުސްލިމުންގެ އާރާއި ބާރު ދައްކައިދެ އެވެ. މިފަދައިން އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރުމުގެ އެންމެ ބޮޑު މަގުސަދަކީވެސް މުސްލިމުންގެ މެދުގައި އޮންނަ އެއްބައިވަންތަކަން ދައްކުވައިދީ، އިޖްތިމާއީ ގުޅުން ބަދަހިކުރުމެވެ. ކުރީ އަހަރުތަކޭ އެއްގޮތަށް މިއަހަރުވެސް މާލޭގެ 4 ސަރަަހައްދެއްގައި އީދު ނަމާދު ބޮޑު ޖަމާއަތުގައި މިއަދު ވަނީ ކޮށްފަ އެވެ. އެގޮތުން، މާފަންނު ސްޓޭޑިއަމް ސަރަޙައްދު، ވިލިމާލެ ފުޓުބޯޅަ ދަނޑު، ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ސިންތެޓިކް ޓްރެކް އަދި ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މަސްޖިދު ހަސަން އާދަމްއާ އިންވެގެން އޮންނަ ހުސްބިމުގައި މިއަދު އީދު ނަމާދު ވަނީ ބޮޑު ޖަމާއަތުގައި ކޮށްފަ އެވެ. މީގެ ތެރެއިން މާލެ ބޮޑު ޖަމާއަތް (މާފަންނު ސްޓޭޑިއަމް) އާއި ވިލިމާލެ ބޮޑު ޖަމާއަތުގައި އިމާމުވެ އީދު ނަމާދުކޮށްފައިވަނީ ޒުވާން ދެ ހަތީބުންނެވެ.