ރައީސް މުއިއްޒަށް ލަންކާ އިން ރަސްމީކޮށް މަރުހަބާ ދެންނެވުން
2026-05-04 11:46:30
މިއަދު ހެނދުނުގެ ވަގުތެއްގައި ރައީސަށް މަރުހަބާ ދަންނަވާފައި ވަނީ ލަންކާގެ ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ރައީސަށް ރަސްމީކޮށް މަރުހަބާ ދެންނެވީ އެ ގައުމުގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ އެވެ. އެ ރަސްމިއްޔާތުގައި ވަނީ ރައީސް މުއިއްޒަށް 21 ބަޑީގެ ސަލާމެއް އަރުވައިފަ އެވެ. ރައީސްގެ ދެކަނބަލުން އަންނަ ބުދަ ދުވަހުގެ ނިޔަލަށް ލަންކާއަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅަކީ އެ ގައުމުގެ ރައީސްގެ ދައުވަތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ.