ބާރުގަދަ ބިންހެލުންތަކާއެކެ ވެނެޒުއެލާ ސުންނާފަތިވެފައި
2026-06-26 22:39:23
ވެނެޒުއެލާއަށް އައި ބާރުގަދަ ދެ ބިންހެލުންތަކުގެ ސަބަބުން، ބޮޑެތި އިމާރާތްތައް ވެއްޓި ހާސްކަން އުފެދިފައި ވާއިރު މިހާރު ވަނީ މުޅި ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ވެސް ކޮށްފަ އެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރައްވަމުން ވެނެޒުއޭލާގެ ވަގުތީ ލީޑަރު ޑެލްސީ ރޮޑްރިގޭޒް ވިދާޅުވީ، އިދާރާތަކާއި އާންމު ރައްޔިތުން ގުޅިގެން، ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށެވެ. މި ބާރުގަދަ ދެ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 600 އަށް އަރައިފަ އެވެ. މިއީ ފާއިތުވި 100 އަހަރުގެ ތެރޭގައި ވެނެޒުއެލާއަށް އައިސްފައިވާ އެންމެ ބާރުގަދަ އެއް ބިންހެލުމެވެ.