ސްޓެލްކޯގެ 2025 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ
2026-06-28 23:31:12
ސްޓެލްކޯގެ 2025 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންނާއި، ކުންފުނީގެ ޙިއްސާދާރުން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. މީގެ އިތުރުން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އާއި އޮޑިޓާ ޖެނެރަލްގެ އޮފީހުގެ އިސްވެރިންވެސް މި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި އެވެ. އަހަރީ ރިޕޯޓު ފާސްކުރުންމިއަދު ބޭއްވުނު މި ޖަލްސާގެ އެންމެ މުހިންމު އެއް ކަމެއްގެ ގޮތުން، ކުންފުނީގެ 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓު ވަނީ ރަސްމީކޮށް ފާސްކޮށްފަ އެވެ. އަދި މި ރިޕޯޓު ފާސްކުރުމަށްފަހު، ކުންފުނިން ވަނީ މި ރިޕޯޓު އާންމުކޮށް ނެރެފަ އެވެ. ރައްޔިތުންނަށް އިތުބާރު ހިފޭ ހިދުމަތްތަކެއް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމަށާއި، ކުންފުނީގެ ހިދުމަތްތައް އިތުރަށް ފުޅާކުރުމަށް ސްޓެލްކޯއިން ވަނީ އަމާޒު ހިފާފަ އެވެ.