ބޮޑުތަކުރުފާނު މަގުން އަލަށް ހެދި ބައި ހުޅުވުން
2026-07-24 23:07:41
ބޮޑުތަކުރުފާނު މަގު ޒަމާނީކޮށް ތަރައްގީކުރަން ފެށީ މިދިޔަ އޮގަސްޓު މަހު އެވެ. މި މަގު ތަރައްގީކުރަމުންދަނީ ފިޔަވަހިތަކަކަށް ބަހާލައިގެން، ފަޅުތެރެއިން ބައެއް ހިއްކައި، ހަތަރު ލޭނަށްވާ ގޮތަށް މަގު ފުޅާކޮށްގެންނެވެ. މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ކުރިއަށް ގެންދިޔައީ ޖުމްލަ ފަސް ސެގްމަންޓަކަށް ބަހާލައިގެން. މި ސަރަހައްދަށް ހާއްސަކޮށް ބޭންކް އޮފް މޯލްޑިވްސް ކުރިމަތީގައި 500 ސައިކަލުގެ ޖާގައިގެ ޕާކިން ޒޯނެއް ވަނީ ތަރައްގީކޮށްފައި. އެ ޒޯނުގެ ބޭރުން އެހެން ތަންތަނުގައި ޕާކުކުރުން މަނާ. މި މަޝްރޫއުގެ ދަށުން ދެން ފަށާނީ ނޯތު ހާބަރުން ފެށިގެން ރަސްފަންނާ ހަމައަށް އޮތް ސަރަހައްދު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުން.