"ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރޯށި" ހުޅުވުން
2026-08-15 14:46:28
ރައީސުލްޖުމްހޫރިއްޔާ، މި ދޮރޯށި ހުޅުއްވައި ދެއްވީ މިއަހަރުގެ ގައުމީ ދުވަސް ފާހަގަކުރުމަށް އުތީމުގައި ކުރިއަށްގެންދާ ރަސްމީ ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގަތުމަށް އެރަށަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، މިއަދު ހެނދުނު އެވެ. ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރޯށި ފަރުމާކޮށްފައި ވަނީ އެތަކުރުފާނުގެ ތާރީހީ ޖިހާދު ރަމްޒުކުރެވިގެންދާ ގޮތަށެވެ. މި ބިނާގައި މައިގަނޑު ހަ ތަނބެއް ހިމެނޭއިރު، މި ތަނބުތައް ފަރުމާކުރެވިފައިވަނީ ދިވެހި އެވޭލާ މިސްކިތްތަކުން ފެންނަ ތަނބުތައް ނަކަލުކޮށްގެންނެވެ. މި ހަ ތަނބު ރަމްޒުކޮށްދެނީ ދިވެހީންގެ މިނިވަންކަމަށްޓަކައި ކަޅުއޮށްފުންމީގައި ޖިހާދުކުރެއްވި ހަ ބަތަލުންނެވެ.