ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ޕާކަށް ރައީސް ޒިޔާރަތްކުރެއްވުން
2026-08-30 11:41:57
ސިނަމާލެ ބްރިޖަކީ ޗައިނާ ސަރުކާރުގެ ބޮޑު އެހީއެއް ލިބިގެން ރާއްޖޭގައި ހިންގި އެ ފެންވަރުގެ ފުރަތަމަ، އުމްރާނީ ތަރައްގީގެ އެންމެ ބިޔަ މަޝްރޫއު ވެސް މެ އެވެ. ގާތްގަނޑަކަށް 200 މިލިއަން ޑޮލަރު އެ ބްރިޖަކަށް ހަރަދުވި އިރު، އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާގެ ހިލޭ އެހީ އެވެ. ލޯނެއްގެ ގޮތުގައި 72 މިލިއަން ޑޮލަރު ދިން އިރު، ދިވެހި ސަރުކާރުން އެ މަޝްރޫއަށް 12 މިލިއަން ޑޮލަރު ހަރަދުކޮށްފައިވެ އެވެ. ބްރިޖަށް އަށް އަހަރު ފުރުމުގެ މުނާސަބަތުގައި އެކްސްގައި ޝާއިއުކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ބްރިޖަށް 8 އަހަރު ފުރޭއިރު، މާލެ އާއި ހުޅުލެ އަދި ހުޅުމާލެ ގުުޅުވައިދިން ބްރިޖު ވެގެންގޮސްފައިވަނީ ދެގައުމުގައިވާ ދެމެހެއްޓެނިވި ގަދަފަދަ ރަމްޒަކަށް ކަމަށެވެ.