ޕީއެންސީގެ ކޮންގްރެސް ފެށުން
2026-09-15 11:16:06
ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ، ޕީއެންސީގެ ކޮންގްރެސް 1،300 އަށް ވުރެ ގިނަ މެމްބަރުންނާ އެކު މިއަދު ފަށައިފި އެވެ. ސޯޝަލް ސެންޓަރުގައި ހަތަރު ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ ކޮންގްރެސް އިފްތިތާހްކޮށްދެއްވީ ޕީއެންސީގެ ރައީސް، ރައީސް ޑރ. މުހައްމަދު މުއިއްޒު އެެވެ. މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިޔަށްދާނެ އެވެ.