ވަރަ އެކްސްޕޯ 2026
2026-11-27 11:13:03
ވަޒީފާގެ ބާޒާރަށް ޒުވާނުން އަހުލުވެރިކުރުވަން ބާއްވާ "ވަރަ އެކްސްޕޯ": ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓްރީން އިންތިޒާމުކުރާ މި އެކްސްޕޯ ހުޅުވައިދެއްވީ ބަންޑާރަ ނައިބު އަހުމަދު އުޝާމް، ވަރަ އެކްސްޕޯ ކުރިއަށް ދާނީ މާދަމާގެ ނިޔަލަށް ސެންޓްރަލް ޕާކުގައި. މިއަހަރުގެ ވަރަ އެކްސްޕޯގައި 158 އެގްޒިބިޓަރުން ބައިވެރިވާއިރު ހަތަރު ޒޯނަކަށް ވަނީ ބަހާލައިފަ. މި އެކްސްޕޯގެ ތެރެއިން ވަޒީފާއަށް ހުށަހެޅުމާއި ތަމްރީނު ފުރުސަތުތައް ހަމަޖައްސައިދިނުން ހިމެނޭ.