އާބަންކޯގެ ބަދަލުގައި އެޗްޑީސީގެ ނަމާއި ލޯގޯ ބޭނުންކުރަން ފެށުން
2024-01-18 12:16:56
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ބްރޭންޑެއްގެ ގޮތުގައި މިދިޔަ ސަރުކާރުން "އާބަންކޯ"ގެ ނަން ތައާރަފްކުރިތާ އަހަރެއް ނުވަނީސް އެ ބްރޭންޑިންގެ ބަދަލުގައި އަލުން އެޗްޑީސީގެ ނަން ބޭނުންކުރަން މިއަދު ފަށައިފި އެވެ. އެޗްޑީސީން ބުނީ އެޗްޑީސީގެ ނަން ބޭނުން ކުރަން ފެށީ އެއީ އެ ކުންފުންޏަށް ގާނޫނީ ގޮތުން ކިޔާ ނަން ކަމަށް ވާތީ އެއްގޮތް ކުރުމަށް ކަމަށެވެ.