ހުޅުމާލެ ފޭސް 2ގައި ބިނާކުރާ ދާއިމީ މިސްކިތް
2024-03-06 17:55:49
ހުޅުމާލެ 2 ގައި އަންނަ ހުކުރު ދުވަހު ހުޅުވަނީ، އިމާރާތްކުރުމުގެ ސާމާނާއި ފަރުނީޗަރު ވިއްކުމުގައި ރާއްޖޭގެ އެންމެ އެންމެ މަޝްހޫރު އެއް ކުންފުނި، މުނިހޯމް ކެއާ އިން ހަދާ މިސްކިތެވެ. މި މިސްކިތުގެ އިތުރުން ފޭސް 2 ގައި 2800 މީހުންގެ ޖާގައިގެ މިސްކިތަކާއި، 3000 މީހުންގެ ޖާގައިގެ މިސްކިތަކާއި، 1500 މީހުންގެ ޖާގައިގެ މިސްކިތެއްގެ އިތުރުން 1162 މީހުންގެ ޖާގައިގެ މިސްކިތެއްގެ އަމަލީ މަސައްކަތް އަންނަނީ ކުރަމުންނެވެ. ހުޅުމާލެ ދެވަނަ ފިޔަވަހީގެ ފުރަތަމަ މިސްކިތް ހުޅުވާފައިވަނީ 2021 ވަނަ އަހަރު އެވެ. ހުޅުމާލޭގައި ވަގުތީ މިސްކިތްތައް ހެދުން ފަހަކަށް އައިސް އާންމު ކަމަކަށް ވެފައިވާއިރު، އިސްލާމިކް މިނިސްޓަރު ވިދާޅުވީ، މިސްކިތްތައް ދާއިމީ ކުރުމަކީ ރައީސް ޑރ. މުއިއްޒުގެ އަމާޒެއް ކަމަށެވެ.