މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު މި އަލިފާނުގެ ހާދިސާ ހިނގީ ހާރު ކެއުމަށް ކާއެއްޗެހި ތައްޔާރުކުރުމަށް އުޅުމުގެ ތެރޭގައި ގޭސް ސިލިންޑަރު ގޮވައިގެންނެވެ. މި ހާދިސާގައި ފަސް މީހަކު މަރުވެ ދެ މީހެއްގެ ހާލު އަދިވެސް ސީރިއަސްވެ އަންނަނީ ފަރުވާ ދެމުންނެވެ. މަރުވި އެންމެނަކީވެސް ބަންގުލަދޭޝް ރައްޔިތުންނެވެ.
ބަންގްލަދޭޝްގެ ނޫހެއް ކަމަށްވާ ދަ ޑެއިލީ ސްޓާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ ތެރެއިން ސާދަރު އަލީ އާއި ޝަފީގުލް އިސްލާމުގެ ހަށިގަނޑު މިއަދުގެ ވަގުތެއްގައި ބަންގްލަދޭޝަށް ގެންދާނެ ކަމަށް އެ ގައުމުގެ ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.
ދަ ޑެއިލީ ސްޓާގައި ގައި ބުނީ އެ ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ރާއްޖޭގައި ހުންނަ ބަންގުލަދޭޝް ހައި ކޮމިޝަނުން ގުޅައި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ބުނެފައިވާކަމަށެވެ.
އަލިފާން ރޯވި ތަނަށް ގޮސް، އެ ތަން ވެސް ހައި ކޮމިޝަނުގެ އޮފިޝަލުން ބަލާފައިވާކަމަށާއި އެ ހާދިސާގައި ގެއްލުންވި ބަންގްލަދޭޝްގެ އިތުރު މީހުންނަށް ބޯހިޔާވަހިކަން ހަމަޖައްސައިދީފައިވާ ކަމަށްވެސް ހައި ކޮމިޝަނާއި ހަވާލާދީ އެ ނޫހުން ބުނެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;