"ސީއެންއެމް" އާއި ވާހަކަ ދައްކަމުން ސީޒަން ބުނީ މިއީ ރާއްޖޭގެ ފިލްމެއް މިގޮތަށް އޮންލައިންކޮށް ވިއްކާ ފުރަތަމަ ފަހަރު ކަމުގައި އެވެ.
ސީޒަން ފާހަގަ ކުރި ގޮތުގައި އެކަން ކުރަން ނިންމާފައިވަނީ އާންމުންގެ ފަރާތުން ލިބެމުން އަންނަ ރިކުއެސްޓުތަކަށް ބެލުމަށް ފަހުގައި ކަމުގައި އެވެ.
ސީޒަން ބުނި ގޮތުގައި ޕަރީގެ ދެވެނަބައި ފުރަތަމަ ބަޔަށް ވުރެން މާ ތަފާތު ވާނެ ކަމަށާއި ފުރަތަމަ ބަޔަށް ލިބުން ތަރުހީބަށް ވުރެން ބޮޑު ތަރުހީބެއް މި ބަޔަށް ލިބޭނެ ކަމަށް އުންމީދު ކުރާކަމުގަ އެވެ.
މި ފިލްމުގެ ޓިކެޓް އޮންލައިންކޮށް ައަހުސަން ޕިކްޗާސް ވެބްސައިޓުން ލިބޭނެ ކަމަށް ސީޒަން ބުނެ އެވެ.
ޕަރީ އަކީ އަހުމަދު އަހުސަން އާއި އަލީ ސީޒަން އާއި އެކުވެގެން ޕްރޮޑިއުސްކުރާ ފިލްމެކެވެ.
ފިލްމްގެ ކާސްޓުންގެ ތެރޭގައި ޝީލާ ނަޖީބް، ރިޝްމީ ރަމީޒް، އައިޝަތު ލަމްސާ ލަތީފް، ޖުމައްޔިލް ނިމާލް، މުހައްމަދު ނައުޝާދު އަލީގެ އިތުރުން އަލީ ސީޒަން ފަދަ މޫނުތައް ފާހަގަކޮށްލެވެ އެވެ.
ގިނަ ބަޔަކު ބުނަމުން އަންނަ ގޮތުގައި ޕަރީ ގެ ފުރަތަމަ ބައި ވެގެން ގޮސްފައިވަނީ ދިވެހި ބިރުވެރި ފިލްމު އިންޑަސްޓްރީ އަށް ބޮޑު އިންގިލާބެއް ގެނައި ފިލްމަކަށް ކަމުގައި އެވެ.
އަންނަ މަހުގެ 6 ގައި ޕްރީމިއާ ކުރަން ހަމަޖެހިފައިވާ "ޕަރީ: ޗެޕްޓާ 2" ވާނީ އޮލިމްޕަހުގައި މި އަހަރު އަޅުވާ ތިން ވަނަ ފިލްމަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;