މި ފިލްމު ސިނަމާތަކަށް ނެރުނުތާ އެންމެ ތިން ދުވަހުގެ ތެރޭގައި ވަނީ 300 ކްރޯޑަށް ވުރެ ގިނަ ރުޕީސް ހޯދައިފައެވެ. މިއީ މިހާތަނަށް ބޮލީވުޑްގައި ފިލްމަކުން މިހާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ހޯދި އެންމެ ބޮޑު ކާމިޔާބީގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ.
މި ކާމިޔާބީއާ އެކު ރަންވީރު ވަނީ ބޮލީވުޑްގެ އެންމެ ބޮޑެތި ތަރިން ކަމަށްވާ ޝާހްރުކް ހާން، ސަލްމާން ހާން އަދި އާމިރު ހާންގެ ރެކޯޑުތައް ވެސް މުގުރާލައިފައެވެ. މި ތަރިންގެ ފިލްމުތަކުން ކުރިން ހަދާފައިވާ ރެކޯޑުތަކަށް ވުރެ މާ އަވަހަށް 'ދުރަންދަރު 2' އިން ވަނީ ބޮޑު އާމްދަނީއެއް ހޯދައިފައެވެ. މިކަމުގެ ސަބަބުން ބޮލީވުޑްގެ ގިނަ ބަޔަކު ވަނީ ހައިރާންވެފައެވެ.
އިންޑިއާގެ އިތުރުން އިންޓަނޭޝަނަލް މާކެޓުގައި ވެސް މި ފިލްމަށް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ. ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަންނަނީ މި ފިލްމަށް ތައުރީފުކުރަމުންނެވެ. މި ފިލްމަކީ ރަންވީރުގެ ކެރިއަރުގައި މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ ކަމަށް ގިނަ ބަޔަކު ބުންޏެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;