ads
ޗައިނާ މެޝިނަރީ އިންޖީނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އާ އެކު މިފްކޯއިން އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ތެރެއިން
އައްޑޫގައި ކަންނެލި ފެކްޓަރީއެއް އަޅަން ހަވާލުކޮށްފި
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ ވަސީލަތްތައް އިތުރުކޮށް ތަރައްގީކުރުމުގެ މަސައްކަތުގެ ދަށުން އައްޑޫ ސިޓީގައި ފިނިކުރި ކަންނެލި ޕްރޮސެސްކޮށް އެކްސްޕޯޓްކުރުމަށް ފެކްޓްރީއެއް އަޅަން ޗައިނާ މެޝިނަރީ އިންޖީނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) ހަވާލުކޮށްފިއެވެ.
Advertisement

މިފްކޯގެ އުމްރާނީ ވަސީލަތްތައް އިތުރަށް ތަރައްޤީކޮށް ހަރުދަނާ ކުރުމަށްޓަކައި، އެކުންފުނިން މިއަދު ވަނީ ޗައިނާ ސީއެމްއީސީއާ އެކު ތިން އެއްބަަސވުމެއގައި ސޮއިކޮށްފައެވެ. 

މި އެއްްބަސްވުންތަކުގެ ދަށުން ތ.ހިރިލަންދޫގައި ކޯލްޑް ސްޓޯރޭޖް އަދި ބްލާސްޓް ފްރީޒް ކުރާނެ މަރުކަޒެއް ތަރައްގީ ކުރުމާއި، ގދ.ތިނަދޫގައި މިފްކޯއިން ކުރިއަށް ގެންދާ މަސްގަނެ، ފިނިކޮށް ރައްކާ ކުރުމަށްޓަކައި ފަށާފައިވާ މަޝްރޫޢު އިތުރަށް ފުރިހަމަކޮށް ތަރައްގީކުރުމާއި، އައްޑޫ ފިޝަރީޒް ކޮމްޕްލެކްސައަށް މަސްގަނެ، ރައްކާކުރުމުގެ ގާބިލްކަން އިތުރުންކުރުމާއި ފިނިކުރި ކަންނެލި ޕްރޮސެސްކޮށް ބޭރު ކުރުމަށް ބޭނުންވާ ފެކްޓަރީއެއް އައްޑޫ ސިޓީގައި އެޅުންވެސް ވަނީ ސީއެމްސީއާ ހަވާލުކޮށްފައެވެ.

މި އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ އެކަމަށްޓަކައި ފިޝަރީޒް މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. 

މިފްކޯއިން ބުނީ ޗައިނާގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ސީއެމްއީސީއާއެކު ފެށި އެ މަސައްކަތްތަކުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީވާނެކަމަށެވެ. އަދި ރާއްޖޭގައި މަހުގެ އުފެއްދުންތަކަށް ވެލިއު އެޑްކޮށް އެކްސްޕޯޓް ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ބޮޑު ކުރިއެރުމެއް ލިބޭނެކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;