ads
ކަނޑު އޮތްގިރިއަށް ބޮޑު ކަންނެލި ގަންނަން ފެށުން: ކިލޯއެއް ގަންނަނީ 25 ރުފިޔާއަށް - ފޮޓޯ/ ފިޝަރީސް މިނިސްޓްރީ
ރާއްޖޭގައި ބާނާ ކަންނެލި މަހަށް އެމްއެސްސީ ސެޓްފިކެޓް
ރާއްޖޭގެ ރީނދޫ އުރަހަލީ ކަންނެލީގެ މަސްވެރިކަމަށް މެރިން ސްޓެވާޑްޝިޕް ކައުންސިލް (އެމްއެސްސީ) ސެޓްފިކެޓް އަލުން ލިބިއްޖެ އެވެ.
Advertisement

މެރިން ސީފުޑް ޕްރޮސެސާ އެންޑް އެކްސްޕޯޓާ އެސޯސިއޭޝަން (އެމްއެސްޕީއީއޭ) އިން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގައި ކުރާ ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަމުގެ އިތުރުން ރީނދޫއުރަހަ ކަންނެލީގެ މަސްވެރިކަމަށް މެރިން ސްޓެވާޑްޝިޕް ކައުންސިލް (އެމްއެސްސީ) ގެ ސެޓްފިކެޓް ލިބިފައިވާ ކަމަށެވެ.

އެއީ ރާއްޖޭގައި މަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިޔަށް ގެންދިޔުމަށް ކުރަމުންދާ މަސައްކަތުގެ މުހިންމު ލަނޑުދަނޑިއެއް ކަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ. 

ވަކިން ހާއްސަކޮށް، އިންޑިއާ ކަނޑުގެ ކަނޑުމަހުގެ މަސްވެރިކަން ބަލަހައްޓާ ކޮމިޝަން (އައިއޯޓީސީ) ގައި ރާއްޖެއިން ކުރި މަސައްކަތާއި، ރީނދޫ އުރަހަ ކަންނެލީގެ އާބާދީ އާލާކުރުމަށް ޖީ16 ގެ ގައުމުތަކާއި ކޯސްޓަލް ސްޓޭޓް އެލަޔަންސް ގުޅިގެން ކުރި މަސައްކަތް މި ކާމިޔާބީގައި ބޮޑު ދައުރެއް އަދާކުރި ކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.

އެހެންވެ މި ކުރިއެރުމުގެ ސަބަބުން ދިވެހި ކަނޑުމަހުގެ އުފެއްދުންތަކަށް ބައިނަލްއަޤުވާމީ ބާޒާރުގައި އިތުރު ފުރުސަތުތަކެއް ފަހިވެ، ރާއްޖޭގެ ކަނޑުގެ މާހައުލު ރައްކާތެރިކުރުމަށް ކުރާ މަސައްކަތަށް ބާރަކަށް ވާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;