ވެލާނާ އެއަޕޯޓް ހިންގަމުންދާ އެމްއޭސީއެލް އިން ބުނީ، މިއަދުން ފެށިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓްރެފިކް ފްލޯއަށް ބައެއް ބަދަލުތައް ނެގެވިފައިވާ ކަަމަށެވެ. އެގޮތުން ވެލާނާ އެއާޕޯޓުގެ ޓާރމިނަލް 2 ބޭނުންކުރާ ފަސިންޖަރުންނަށް ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދިނުމުގެ ގޮތުން މިއަދު 10.00 އިން ފެށިގެން، ޓަމިނަލް ދޭއްގެ ކުރިމަތިން އެވާ ސަރަހައްދަކީ ފަސިންޖަރުންނަށް ޓެކްސީތަކަށް އަރާ ފޭބޭނެ ސަރަހައްދެއް ކަމަށް ކަނޑައަޅާފައިވާ ކަަމަށް އެމްއޭސީއެލް އިން ބުންޏެވެ.
މި އިންތިޒާމުގެ ދަށުން ޓާމިނަލް ދޭއްގެ އެރައިވަލްގެ ކުރިމަތިން ބުރާއި ދެމެދުގައިވާ ސަރަހައްދަކީ ފަސިންޖަރުން ބޭލުމަށް ހާއްސަ ކުރެވިފައިވާ ސަރަހައްދެއްގެ ގޮތުގައި ހަމަޖައްސާފައިވާ ކަމަށް އެމްއޭސީއެލްއިން ބުންޏެވެ. އަދި މި ސަރަހައްދުގައި ފަހަރަކު ހަތަރު ޓެކްސީއަށް މަޑުކުރެވޭނެ ސްލޮޓްތައް ފާހަގަކުރެވިފައި ހުންނާނެ ކަމަށްވެސް އެމްއޭސީއެލްއިން ބުންޏެވެ.
އެ ކުންފުނިން އިތުރަށް ބުނީ މި ގެނެވުނު ބަދަލަށް އެންމެހާ ފަރާތްތަކުން އަހުލުވެރިކޮށް ޓްރެފިކް ފްލޯ މެނޭޖްކުރުމަށްޓަކައި މި ކުންފުނީގެ މުވައްޒަފުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ގެންދާނެ އެވެ.
ވީއައިއޭގެ ޓާމިނަލް 1 ހުޅުވުމަށް ފަހު ޓެކްސީ ކިޔު ޓާމިނަލް 1 ކައިރިއަށް ބަދަލު ކުރުމުން ޑޮމެސްޓިކް ފަސިންޖަރުންނަށް ދަތިތައް ކުރިމަތިވާކަމުގެ ޝަކުވާ ގިނަވި އެވެ. ޓްރެފިކަށް ބަދަލު ގެނައީ މި ޝަކުވާތަކަށް ހައްލެއް ހޯދައިދިނުމަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;