"ސީއެންއެމް" އާއި ވާހަކަ ދައްކަމުން ސީޒަން ބުނިގޮތުގައި ފުރަތަމަ ބަޔަށް ވަރަށް ބޮޑު ތަރުހީބެއް ލިބުން ކަމަށާއި އުންމީދު ކުރަނީ ދެވަނަ ބަޔަށް ވެސް އެވަރަށް ތަރުހީބު ލިބިގެންދާނެ ކަމުގަ އެވެ.
ޕަރީގެ ދެވަނަ ބައިގެ ޓިކެޓް އޮންލައިންކޮށްވެސް ގަނެވޭނެ ގޮތް ހަދަން ނިންމާފައިވާ ސީޒަން ވަނީ މީގެ ކުރިން ބުނެފައި އެވެ
މި ފިލްމުގެ ޓިކެޓް އޮންލައިންކޮށް ައަހުސަން ޕިކްޗާސް ވެބްސައިޓުން ލިބޭނެ ކަމަށް ސީޒަން ބުނެ އެވެ.
ޕަރީ އަކީ އަހުމަދު އަހުސަން އާއި އަލީ ސީޒަން އާއި އެކުވެގެން ޕްރޮޑިއުސްކުރާ ފިލްމެކެވެ.
ފިލްމްގެ ކާސްޓުންގެ ތެރޭގައި ޝީލާ ނަޖީބް، ރިޝްމީ ރަމީޒް، އައިޝަތު ލަމްސާ ލަތީފް، ޖުމައްޔިލް ނިމާލް، މުހައްމަދު ނައުޝާދު އަލީގެ އިތުރުން އަލީ ސީޒަން ފަދަ މޫނުތައް ފާހަގަކޮށްލެވެ އެވެ.
ގިނަ ބަޔަކު ބުނަމުން އަންނަ ގޮތުގައި ޕަރީ ގެ ފުރަތަމަ ބައި ވެގެން ގޮސްފައިވަނީ ދިވެހި ބިރުވެރި ފިލްމު އިންޑަސްޓްރީ އަށް ބޮޑު އިންގިލާބެއް ގެނައި ފިލްމަކަށް ކަމުގައި އެވެ.
އަންނަ މަހުގެ 6 ގައި ޕްރީމިއާ ކުރަން ހަމަޖެހިފައިވާ "ޕަރީ: ޗެޕްޓާ 2" ވާނީ އޮލިމްޕަހުގައި މި އަހަރު އަޅުވާ ތިން ވަނަ ފިލްމަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;