ads
ހުޅުމާލެ ފޭސް ތިނަކުން ދޫކުރާ ގޯތިތަކުގެ އިން ވަކިކޮށް ގޯތިތައް ހަވާލުކުރަން ފެށުން
ހުޅުމާލެ ފޭސް ތިނަކުން ދޫކުރާ ގޯތިތަކުގެ އިން ވަކިކޮށް ގޯތިތައް ހަވާލުކުރަން ފަށައިފި
ހުޅުމާލެ ފޭސް ތިނަކުން ދޫކުރާ ގޯތިތަކުގެ އިން ވަކިކޮށް ގޯތިތައް ހަވާލުކުރަން މިއަދު ފަށައިފި އެވެ.
Advertisement

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭ 2 އަކާއި 3 އަކުން ގޯތި ދޫކޮށްފައިވެ އެވެ. 

އޭގެ ތެރެއިން ހުޅުމާލޭގެ 3 ވަނަ ފިޔަވަހިން ވަނީ 698 ގޯތި ދޫކޮށްފަ އެވެ. 

ގޯތީގެ އަދަދުތައް: 

  • 3250 އަކަފޫޓުގެ 41 ގޯތި
  • 3650 އަކަފޫޓުގެ 16 ގޯތި 
  • 4000 އަކަފޫޓުގެ 24 ގޯތި
  • 1650 އަކަފޫޓުގެ 181 ގޯތި 
  • 2050 އަކަފޫޓުގެ 242 ގޯތި 
  • 2450 އަކަފޫޓުގެ 132 ގޯތި 
  • 2850 އަކަފޫޓުގެ 62 ގޯތި

މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް ކުރިއަށް ގެންދިޔަ ހުޅުމާލޭ ތިންވަނަ ފިޔަވަހި ހިއްކަން ފެށީ ސެޕްޓެމްބަރު 2023ގަ އެވެ.

އެ މަސައްކަތް ނިންމާލީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ. އެ މަޝްރޫއަށް މަޑުޖެހުމެއް އައީ ހުޅުމާލޭގެ މާސްޓާ ޕްލޭން ރިވައިޒް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުން ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ.

ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ) އާ ހަވާލު ކޮށްގެން ކުރިއަށް ގެންދިޔަ އެ މަޝްރޫއުގެ ދަށުން ޖުމްލަ 63 ހެކްޓަރުގެ ބިން ވަނީ ހިއްކައިފަ އެވެ.

ހައުސިން މިނިސްޓްރީން ބުނީ ބިންވެރިޔާ ސްކީމްގެ ދަށުން، ހުޅުމާލެ ފޭސް 3 އިން ދޫކުރާ ގޯތިތަކުގެ އިން ވަކިކޮށް ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް މިއަދު ހަވީރު ފަށާފައިވާ ކަމަށެވެ.

އެޗްޑީސީގެ އަމާޒަކީ މިއަދުން ފެށިގެން ކޮންމެ ދުވަހަކު ބިން ހަވާލު ކުރަމުން ގޮސް، ވީހާވެސް އަވަހަށް ހުޅުމާލެ 3 އިން ހުރިހާ ބިމެއް ހަވާލުކޮށް ނިންމުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;