ads
މިފްކޯ
މިފްކޯއިން މަސް ދަޅު ވިއްކާ އަގު ބޮޑުކޮށްފި
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން އުފައްދާ މަސްދަޅުގެ އަގުތައް ބޮޑުކުރަން ނިންމާ ބޮޑުކުރި އަގުގައި ވިއްކަން ފަށައިިފިއެވެ.
Advertisement

މިފްކޯއިން ބުނީ މަސްދަޅުގެ އަގުތަކަށް ބަދަލު ގެންނަން ޖެހުނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައިސްފައިވާ ބަދަލުތަކާއި ގުޅިގެެންކަމަށެވެ. 

އެ ކުންފުނިން ބުނީ ކުރިން 11.57 ރުފިޔާއަށް ލިބެމުންދިޔަ ތެޔޮ ލީޓަރެއް މިހާރު ލިބެނީ 14.32 ރުފިޔާއަށެވެ. މި ބަދަލާއި އެކު މަސްދަޅު ވިއްކާ އަގަށް  ބަދަލުތަކެއް ގެނެސްފައިވާކަމަށް މިފްކޯއިން ބުނެއެވެ. 

އެގޮތުން މިހާރު ތެޔޮ މަސްދަޅެއް ލިބޭ އަގަކީ 18.50 ރުފިޔާއެވެ.  މީގެކުރިން މަސްދަޅެއް ލިބޭ އަގަށްވުރެ އެއް ރުފިޔާ ބޮޑު އަދަދެކެވެ. މި ބަދަލާއި އެކު މިފްކޯއިން ވިއްކާ ތެޔޮ މަސްދަޅު ކޭހެއް މިހާރު ލިބޭނީ 800 ރުފިޔާ އަށެވެ. މީގެ ކުރިން ތެޔޮ މަސްްދަޅު ކޭހެއްގެ އަގަކީ 760 ރުފިޔާއެވެ. އެހެންކަމުން މީ ކޭހަކުން 40 ރުފިޔާގެ ބޮޑުވުމެކެވެ.

މިފްކޯއިން ބުނީ މި ބަދަލު ގެންނަން ނިންމީ އުފެއްދުންތެރިކަމުގެ ހަރަދު ދެކޮޅު ޖެއްސުމަށްޓަކައިކަމަށެވެ. އަދި މި ބަދަލަކީ މިވަގުތު ގެންނަން މަޖުބޫރުވި ބަދަލެއްކަމަށްވެސް މިފްކޯއިން ބުނެއެވެ. 

މިފްްކޯއިން ބުނީ ތެލުގެ އަގު ބޮޑުވި ނަމަވެސް، ރައްޔިތުންނަށް ކުރާނެ އަސަރު ކުޑަކުރުމުގެ ގޮތުން މަސްދަޅެއްގެ އަގުން ބޮޑުކޮށްފައިވަނީ އެންމެ ރުފިޔާއެއްކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;