އޭނާ މިއަދު އާންމުކުރި ވީޑިއޯއެއްގައި ބުނެފައި ވަނީ އެ ވެބް ސައިޓަށް ފުލު ފުލު ގައި ސައިބާ އެޓޭކްސް އަންނަމުން ދާ ކަމަށާއި މިކަމުގެ ސަބަބުން ވެބްސައިޓަށް ދިމާވެފައިވާ މައްސަލަތައް މުޅިން އެއްކޮށް ހައްލު ކުރެވިފައި ނުވާ ކަމުގަ އެވެ.
ސީޒަން ފާހަގަ ކުރިގޮތުގައި މި ކަމުގެ ފަހަތުގައި ކޮންމެ ބަޔަކު އަދި ކޮންމެ މީހަކު ހުރި ނަމަވެސް މިއަމަލަކީ އިންތިހާ އަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށާއި ފިލްމެއް ޓިކެޓް ވިއްކާ ސައިޓަކަށް ސައިބާ އެޓޭކް ދީ ޓިކެޓް ގަންނަން މަސައްކަތް ކުރާ މީހުންނައް އުނދަގޫ ވާނެ ގޮތަށް އަމަލު ކުރުމަކީ އެއްގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމުގައި އެވެ.
މިހާރުވެސް ވަރަށް ބުރަކޮށް މިކަމަށް ހައްލެއް ހޯދުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި ބޭނުންވަނީ ވީހާވެސް އަވަހަކަށް އެކަން ހައްލުކޮށް އާންމުންނައް ފަސޭހަ ކަމާއި އެކު ޓިކެޓް ގަނެވޭނެ އިންތިޒާމު ހަމަ ޖައްސައިދޭން ކަމަށް ސީޒަން ވަނީ ފާހަގަ ކޮށްފައި އެވެ.
ޕަރީ ޗެޕްޓާރް 2 އަޅުވާފައިވަނީ މި މަހުގެ 6 ވަނަ ދުވަހު އެވެ. އަދި ޕަރީ ޗެޕްޓާރު 2 އަށް ވަނީ ގިނަބައެއް ތަރުހީބު ލިބިފައި ކަމަށް ފާހަގަ ކޮށްލެވެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;