އެލްޖީއޭއިން މިހެން ބުނީ އަތޮޅު ކައުންސިލުތަކާއި އަދި މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވޯކްސް އުވާލުމަށް ނިންމުމާ ގުޅިގެން އިދާރީ ދާއިރާތައް ހިންގުމަށް ޤާނޫނީ ހުސްކަމެއް އަންނާނެކަމަށް ދެކެވޭ ވާހަކަތަކަށް ރައްދުދީ ނެރުނު ބަޔާނެއްގައެވެ.
ލޯކަލް ގަވާމަންޓް އޮތޯރިޓީން ބުނީ ރަށު ކައުންސިލުތަކާއި ސިޓީކައުންސިލުތަކުން ފޯރުކޮށް ދޭންޖެހޭނެކަމަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގައި ބަޔާންކޮށްފައި އެންމެހާ ހިދުމަތްތައް ދިނުމަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ދިނުމަކީ ލާމަރުކަޒީ ޤާނޫނުގެ އެއޮތޯރިޓީގެ މައްޗަށް ލާޒިމުކުރާކަމެއްކަމަށެވެ.
އަދި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ގެނެވުނު 17 ވަނަ އިސްލާހުގައި އަތޮޅު ކައުންސިލުތައް އުވާލާ އަތޮޅު ކައުންސިލުތަކުން ފޯރުކޮށްދެމުންދިޔަ އެންމެހާ ހިދުމަތްތަށް ފޯރުކޮށްދިނުމުގެ ޤާނޫނީ ޒިންމާ މަތިކޮށްފައިވަނީވެސް އެ އޮތޯރިޓީއަށްކަމަށް އެލްޖީއޭއިން ބުނެއެވެ. އަދި އަތޮޅު ކައުންސިލުގެ ނަމުގައި ހުރި އެންމެހާ މުދަލާއި ވަސީލާތްތަށް ބަދަލުވެގެން ދާނެކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވަނީ ލޯކަލް ގަވާމަންޓް އޮތޯރިޓީއަށްކަންވެސް އެލްޖީއޭގެ ބަޔާނުގައިވަނީ ފާހަގަކޮށްފައެވެ. އަތޮޅު ކައުންސިލުތައް އުވާލާ އިދާރީ ދާއިރާތަކުގައި ލޯކަލް ގަވާމަންޓް އޮތޯރިޓީގެ އޮފީސްތަކެއް ޤާއިމް ކުރުމުގެ އިހްތިޔާރު ލާމަރުކަޒީ ޤާނޫނަށް ގެނެވުނު 17 ވަނަ އިސްލާހުގައި ސާފުކޮށް ބަޔާންކޮށްފައިވާކަމަށްވެސް އެލްޖީއޭއިން ބުނެއެވެ.
ކަންކަން އެހެން ހުރުމާއި އެކު އަތޮޅު ކައުންސިލުތައް އުވާލާ އަތޮޅު ކައުންސިލުތަކުން އަދާކުރަމުންދިޔަ ޤާނޫނީ މަސްއޫލިއްޔަތު ލޯކަލް ގަވާމަންޓް އޮތޯރިޓީއަށް ބަދަލުވާނެކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވުމާއި އަދި އަތޮޅު ކައުންސިލުތަކުގެ ބަދަލުގައި އިދާރީ ދާއިރާތަކުގައި ލޯކަލް ގަވާމަންޓް އޮތޯރިޓީގެ އޮފީސްތަކެއް ޤާއިމް ކުރުމުގެ އިހްތިޔާރު ލާމަރުކަޒީ ޤާނޫނުގައި ބަޔާންކޮށްފައިވުމުން މިނިސްޓްރީ އޮފް ސިޓީސް ލޯކަލް ގަވާމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީ އުވާލުމަކުން ޤާނޫނުއަސާސީގައި އަދި ލާމަރުކަޒީ ޤާނޫނުގައި ބަޔާންކޮށްފައިވާ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް، ޤާނޫނީ ހުރަހެއް ނުވަތަ ހުސްކަމެއް އަތުވެދާނެކަމަށް ނުދެކޭކަމަށް ލޯކަލް ގަވާމަންޓް އޮތޯރިޓީ ނެރުނު ބަޔާނުގައިވެ އެވެ.
ހިޔާލު ތަފާތުވުން ވަރަށް ބޮޑުވެފައިވާ ލާމަރުކަޒީ ގާނޫނަށް އިތުރު އިސްލާހުތަކެއް ގެނެސް އަތޮޅު ކައުންސިލް އުވާލިއިރު، "އެދޭ ރާއްޖެ" ހަރަކާތުން ވަނީ ގާނޫނު އަސާސީ އިސްލާހްކޮށް އަތޮޅުތަކުގެ ހިންގުން މިހާރަށްވުރެ ވަރުގަދަކޮށް އަތޮޅުގެ ވަސީލަތް ރައްޔިތުންނަށް ލިބޭނެ ގޮތް ހެދުމަށް ގާނޫނޫ އަސާސީ ބަދަލުކުރުމަށް ހުށައެޅުން ތަކެއް ހިމަނާ ކަރުދާހެއް ސިޔާސީންނާއި ރައްޔިތުންގެ ހިޔާލަށް ދޫކޮށްލައިފަ އެވެ. އެގޮތުން އެދޭ ރާއްޖެ ކަރުދާހުގައި ބުނާ އަތޮޅު ހިންގުމަކީ...
މައްސަލަ:
ދިވެހިރާއްޖޭގެ ހުރިހާ ވަސީލަތެއްހެން، ދައުލަތުގެ ބަޖެޓާ ގުދުރަތީ ވަސީލަތްތައް ކޮންޓްރޯލް ކުރަމުންދަނީ މައި ސަރުކާރުންނެވެ. އަދި އޭރެއްގެ ސަރުކާރު ހިންގުމާ ހަވާލުވާ ފަރާތްތަކުން މި ވަސީލަތްތައް ނަހަމަ ގޮތުގައި އަމިއްލަ ނުވަތަ އެފަރާތްތަކުގެ ސިޔާސީ މަންފާއަށް ބޭނުންކުރާ ކަމުގެ ޝަކުވާ ކުރެވެއެވެ. މިގޮތަށް ދައުލަތުގެ މާލީ އަދި ގުދުރަތީ ވަސީލަތްތައް މަރުކަޒީ ބާރުގެ ދަށުގައި އޮތުމަކީ މުޅި ރާއްޖޭގެ ތަރައްގީއަށް ހުރަސް އެޅި، ތަރައްގީ މަރުކަޒުވެ، މާލެ ސަރަހައްދު ތޮއްޖެހި، ރައްޔިތުންގެ މެދުގަ ފަރަގު ބޮޑުވަމުންދާން މެދުވެރިވާ ސަބަބެކެވެ.
'އެދޭ ރާއްޖެ' ހުށަހެޅުން:
އަތޮޅު ހިންގުމަކީ ގާނޫނު އަސާސީން ބާރު ލިބިގެން ގައުމީ ތަސައްވަރު ހާސިލު ކދިގު ރާސްތާގެ ގައުމީ ތަރައްގީގެ ޕްލޭނަށް ވާސިލުވުމަށްޓަކައި އަތޮޅު ތަރައްގީކޮށް ހިންގުމަށް އަތޮޅުތަކުގައި ގާއިމު ކުރާ ހިންގުމުގެ ނިޒާމެއްގެ ގޮތުގައި ކަނޑައަޅައި، ވީހާވެސް ހަމަހަމަކޮށް ދައުލަތުގެ ހިދުމަތްތަކާ ތަރައްގީ ވާސިލުކޮށް، ތަރައްގީގެ ދުވެލި އަވަސްކޮށް، ވީހާވެސް ގިނަ ރައްޔިތުން ތަރައްގީގެ ކަންކަމުގައި ބައިވެރި ކުރުވުމަށް ތިރީގައިވާ ކަންކަން ހުށަހަޅަމެވެ.
ނަތީޖާ:
ހަރުދަނާ ލާމަރުކަޒީ ނިޒާމެއް އެކުލަވާލައި، އެކަށޭނަ ވަސީލަތް ގާނޫނުއަސާސީ މެދުވެރިކޮށް ދީފިނަމަ ތަރައްގީގެ ކަންކަމުގައި ގިނަ ރައްޔިތުންގެ ބައިވެރިވުން ކަށަވަރު ކުރެވި، ގައުމީ ތަރައްގީގެ ކަންކަމަކީ އޭރަކު އޮންނަ ސަރުކާރަކުން ކުއްލި ކުއްލިއަށް ހިންގާ މަޝްރޫއުތަކަކަށް ވުމުގެ ބަދަލުގައި ދުރާލާ ރޭވިގެން، ދިގު ރާސްތާގެ ތަސައްވުރަކާއެކު ހިންގާ މަޝްރޫއުތަކަށްވެ، މާލެ ސަރަހައްދަށް ތޮއްޖެހުން ކުޑަ ކުރެވި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްގީގެ ދުވެލި ހަލުވި ވެގެންދާނެ އެވެ.
"އެދޭ ރާއްޖެ" ކެމްޕޭނުގެ ބޭނުމަކީ ރާއްޖޭގެ ހިންގުމުގެ ނިޒާމް އިސްލާހީ މަގަށް އެޅުވުމަށްޓަކައި ރައްޔިތުންނާ، މަދަނީ މުޖުތަމައުއާއި، ކައުންސިލްތަކާއި މީޑިއާއާއި، ސިޔާސީ ޕާޓީތަކާއި، ޒުވާނުން ހިމެނޭހެން ދައުލަތުގެ ހިންގުންތެރީންގެ މެދުގައި ބަހުސް އުފައްދައި، އިސްލާހީ ހަރަކާތަކަށް މަގު ކޮށުމެވެ.
އިސްލާހީ ވިސްނުންތަކުގެ އަލީގައި ރައްޔިތުން ބާރުވެރި ކުރުމަށް ގާނޫނު އަސާސީއަށް ގެންނާންޖެހޭ އިސްލާހުތައް ގެނައުމަށް މި މަސައްކަތުގައި ވީހާވެސް ގިނަ ފަރާތްތަކެއްގެ ހިޔާލާއި ބައިވެރިވުމަށް "އެދޭ ރާއްޖެ" ހަރަކާތުން ވަނީ ގޮވާލައިފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;