ads
ޒިއާމް ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި
ސްޓްރޯކެއް ޖެހި ޒިއާމްގެ ދިރިއުޅުން އަނދިރިވެފައި، އެދެނީ ދީލަތި އެހީއަކަށް!
ގދ. މަޑަވެލި، ރާޒްދާން، ޒިއާމް އަބްދުލްހާދީ އަކީ ތިން ކުދިންނާއި ދުވަސްވީ މަންމައެއްގެ ޒިންމާ އުފުލަމުންދަނިކޮށް ސްޓްރޯކެއް ޖެހި މުޅި ދިރިއުޅުން ބަދަލުވެފައިވާ ފަރާތެކެވެ.
Advertisement

މޯލްޑިވިއަންގައި ވަޒީފާ އަދާކުރަމުން އައި ޒިއާމަށް ސްޓްރޯކް ޖެހުނީ 2021 ވަނަ އަހަރު އެވެ. އެ ހިސާބުން އޭނާގެ މަސައްކަތްތެރި ދިރިއުޅުން ހުއްޓުމަކަށް އައިސް، ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ވަނީ ގިނަ ދަތިތަކަކާ ކުރިމަތިލާން ޖެހިފަ އެވެ. މިހާރު އުމުރުން 45 އަހަރުގެ ޒިއާމްގެ ބަލި ހާލަތާ ގުޅިގެން އަމިއްލައަށް މަސައްކަތް ނުކުރެވި އެހެން މީހުންގެ އެހީތެރިކަމަށް ބަރޯސާވާން ޖެހިފައި ވާއިރު، އޭނާގެ ކަންކަން ބަލަހައްޓަމުން އަންނަނީ އުމުރުން ދުވަސްވީ މަންމަ އެވެ.

ޒިއާމް "ސީއެންއެމް" އަށް ބުނި ގޮތުގައި، ސްޓްރޯކް ޖެހުމާ ގުޅިގެން އޭނާ އޭޑީކޭ ހޮސްޕިޓަލުގައި ދެ މަހެއްހާ ދުވަހު ފަރުވާ ހޯދުމަށް ފަހު، އިންޑިއާގެ އަމްރިތާ ހޮސްޕިޓަލުން ހަތަރު މަސް ދުވަހުގެ ފަރުވާ ހޯދި އެވެ. އޭގެފަހުން ރާއްޖެ އައިސް ހަ މަސް ދުވަހު ދިވެހި ބޭސް ވެސް ކޮށްފައިވާ ކަމަށް ޒިއާމް ބުންޏެވެ. ނަމަވެސް އޭނާގެ ހާލަތު ރަނގަޅުކުރުމަށް އިތުރު ފަރުވާ ބެނުންވާތީ، އަލުން އިންޑިއާއަށް ގޮސް އިތުރު ހަ މަސް ދުވަހުގެ ތެރަޕީ އާއި ފަރުވާ ހޯދުމަށް ޑޮކްޓަރުން ލަފާދެއްވާފައިވާ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

your imageޒިއާމްގެ ބަލި ހާލަތު ބަޔާންކޮށްދޭ ޑޮކްޓަރުގެ ލިޔުމެއް

ޒިއާމް ބުނި ގޮތުގައި އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މާލީ ދަތިކަމެވެ. ފަރުވާއަށް ބޭރަށް ދިއުމަށް އާސަންދައިގެ އެހީ ހޯދަން މަސައްކަތް ކުރި ނަމަވެސް، ރާއްޖެއިން އެ ފަރުވާ ލިބޭނެތީ އެކަން ހަމަޖެހޭ ގޮތް ނުވީ ކަމަށް ޒިއާމް ބުންޏެވެ.

"އާސަންދައިން ރާއްޖެއިން ބެރަށް ދެވޭ ގޮތެއް ނުވި، ބުނީ ރާއްޖެއިން އެ ފަރުވަ ލިބޭނެއޭ. އެކަމަކު ރާއްޖެއިން ރަނގަޅު ނުކުރެވޭތީ ޑޮކްޓަރު ބޭރަށް ދާން ވިދާޅުވީ." ޒިއާމް ބުންޏެވެ.

ރާއްޖޭގެ ހޮސްޕިޓަލްތަކުން ތެރަޕީ ހޯދުމުގައި ޖާގަ ލިބުމުގެ ދަތިކަމާއި، ދޭތެރެއަކުން ފަރުވާ މެދުކެނޑޭތީ އެކަމުގެ ސަބަބުން ބަލި ހާލަތު އިތުރަށް ގޯސްވުމުގެ ބިރު އޮތް ކަމުގައި ފާހަގަކޮށް ޒިއާމް ކަންބޮޑުވުން ފާޅުކުރި އެވެ.

your imageޒިއާމްގެ ބަލި ހާލަތު ބަޔާންކޮށްދޭ ޑޮކްޓަރުގެ ލިޔުމެއް

"ތެރަޕީ ހޯދުމަށް ކިޔުލައިންގައި ޖެހިގެން ހަތަރު މަސްދުވަސް ވެގެން ދިޔައިރު ލިބުނު ޖަވާބަކީ އަދި ކިރިޔާ ލިސްޓުގެ ދިހަ ވަނައިން ޖާގަ ލިބިފައިވާކަން. ދެން އޮންނަނީ ފިޒިއޮތެރަޕީ ނަގައިދޭން ފެށުމާއެކު މެދުކެނޑުމެއް." ޒިއާމް ބުންޏެވެ.

އާސަންދަ ހަމަނުޖެހުނަސް ޒިއާމް މިހާރު މަސައްކަތްކުރަމުންދަނީ ބޭސްފަރުވާއަށް އަލުން އިންޑިއާއަށް ދިއުމަށެވެ. ނަމަވެސް، އިންޑިއާގައި ހޭދަކުރަންޖެހޭ ހަ މަސް ދުވަހުގެ މުއްދަތުގައި ގިނަ ހަރަދުތަކެއް ހިނގާނެތީ އޭނާ ވަނީ ހެޔޮ އެދޭ ފަރާތްތަކުގެ ދީލަތި އެހީއަށް އެދިފަ އެވެ.

your imageޒިއާމްގެ ބަލި ހާލަތު ބަޔާންކޮށްދޭ ޑޮކްޓަރުގެ ލިޔުމެއް

ޒިއާމްގެ އުއްމީދަކީ ފަރުވާ ފުރިހަމަކޮށް ބަލި ހާލަތު ރަނގަޅުވެ، އޭނާގެ ދަރިންނަށްޓަކައި އާ ދިިރިއުޅުމެއް ބިނާކުރުމުގެ ފުރުސަތު ލިބުމެވެ.

ބީއެމްއެލް ދިވެހި ރުފިޔާ އެކައުންޓް ނަމްބަރު: 7713452749101 (ޒިއާމް އަބްދުލްހާދީ)

‎ބީއެމްއެލް ޑޮލަރު އެކައުންޓް ނަމްބަރު: 7730000780313 (ޒިއާމް އަބްދުލްހާދީ)

އިތުރު މައުލޫމާތު ހޯދުމަށް: 7774537 (ޒިއާމް އަބްދުލްހާދީ)

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;