ads
ކެމްޕެއިން ޖަލްސާގައި ފަތުހީ ވާހަކަދައްކަވަނީ
ޕީއެންސީގެ އެސްޖީއަކަށް މޫސާ ފަތުހީ އައްޔަންކޮށްފި
ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ސެކެޓްރީ ޖެނެރަލް (އެސްޖީ) ސެކެރެޓަރީ ޖެނެރަލްގެ މަގާމަށް މޫސާ ފަތުހީ އާދަމް އައްޔަންކޮށްފިއެވެ
Advertisement

ފަތުހީ ޕީއެންސީގެ އެސްޖީގެ މަގާމަށް މި އައްޔަންކުރީ މިހާތަނަށް އެ މަގާމުގައި ހުރި  މުއާޒް ހަލީމް މިމަހުގެ 18 ވަނަ ދުވަހު ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވުމުންނެވެ. 

ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާ މުއާޒު ވިދާޅުވީ އެ މަގާމުން އިސްތިއުފާ ދެއްވީ ޕާޓީގެ ހިންގުން ހަރުދަނާކޮށް، ރައްޔިތުންގެ ވިންދާ އެއްގޮތަށް ޕާޓީގެ މަސައްކަތްތައް ބައްޓަންކޮށް، ފުރިހަމަ ނަތީޖާ ހާސިލް ކުރެވޭ ޕާޓީއަކަށް ޕާޓީ ހެދުމަށް ޕާޓީގެ ރައީސް، ރައީސް ޑރ. މުހައްމަދު މުއިއްޒު ފައްޓަވާފައިވާ ހަރުދަނާ މަސައްކަތްޕުޅުތަކަށް ފުރިހަމަ އެއްބާރުލުން ދިނުމަށް ބޭނުންވާތީ ކަމަށެވެ.

އަދި ޕާޓީގެ ސެކެޓްރީ ޖެނެރަލްގެ މަޤާމުގައި އޭނާއަށް ވުރެ ފުރިހަމައަށް ވަގުތު ދެވޭނެ ބޭފުޅަކު މިވަގުތު ހުރުމަކީ މުހިއްމު ކަމެއްގެ ގޮތުގައި ދެކޭ ކަމަށްވެސް މުއާޒު ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;