ސަރުކާރު ހިއްސާވާ ކުންފުނިތަކުން މުވައްޒަފުންގެ އަދަދު 33 ޕަސެންޓަށް މަދުކުރަން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އަށް ވަނީ އަންގަވާފައެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްްވި ނޫސްވެރިންގެ ބައްދަލަވުމުގައި ގިނަ އަދަދެއްގެ ނޫސްވެރިންވަނީ ކުންފުނިތަކުން މީހުން މަދުކުރުމާއި ގުޅޭގޮތުން ސަރުކާރުން ގެންގުޅެން ނިންމާފައިވާ އުސޫލުތަކާއި ގުޅޭގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒާ ސުވާލުކޮށްފައެވެ.
އެ ސުވާލުތަކަށް ޖަވާބު ދެެއްވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ސަރުކާރު ކުންފުނިތަކުން ވަޒީފާއިން ވަކިކުރާ މީހުންނަށް އިތުރު ފުރުސަތުތަކެއްް ހޯދަައިދެއްވާނެކަމަށެވެ. އެގޮތުން އެ ފަރާތްތަކަށް އާމްދަނީ ހޯދޭނެ ގޮތްތައް ހަދާދިނުމަށް އެސްއެމްއީ ޑިޖިޓަލުން ދޫކުރާ ކުދި ލޯނުތަކުގެ އަދަދު އިތުރުކުރާނެކަމަށްް ރައީސް މުއިއްްޒު ވިދާޅުވިއެވެ. އަދި ވަޒީފާއިން ވަކިކުރާ ފަރާތްތަކަށް ފްރައިވެޓް ސެކްޓާ ތެރެއަށް ދިޔުމަށް އިތުރު އިންްސެންޓިވްތައް ލިބިގެންދާނެކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރައީސް މުއިއްްޒު ވިދާޅުވީ މީހަރު ވަރަށްް ގިނަ މަޝްރޫއުތައް އެކިއެކި މޮޑެލްްތަކުގެ ތެރެއިން ސަރުކާރުން ޕްރައިވެޓް ކުންފުނިތަކަށް ދީފައިވާކަމަށެވެ. އެގޮތުން ބީއެމްްއެލްގެ ކޮންޓްރެކްޓް ފައިނޭންސިން މޮޑެލްގެ ތެރެއިންވެސް ގާތްގަޑަކަށް 4 ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ މަޝްރޫއުތައް ދީފައިވާކަމަށާއި ހައުސިން ޕްރޮޖެކެޓްތައްވެސް ގާތްގަޑަކަށް 4000 އެއްހާ ހައުސިން ޔުނިޓް މުޅިން ޕްރައިވެޓް ސެކްޓާއަށް ދީފައިވާކަން ރައީސް މުއިއްްޒު ފާހަގަކުރެއްވިއެވެ.
ސަރުކާރު ކުންފުނިތަކުން 33 އިންސައްތަ މުވައްޒަފުން މަދުކުރަން ނިންްމާފައިވާއިރި އެ ކުންފުނިތަކުގައި 42،000 މުވައްޒަފުން ތިބިކަމަށް ލަފާކުރެވޭކަމަށް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް މިނިސްޓަރު މޫސާ ޒަމީރު އިއްޔެވަނީ ވިދާޅުވެފައެވެ. ކޮންމެ ކުންފުންޏަކުން 33 އިންސައްތަ މުވައްޒަފުން ކަނޑަން މަސައްކަތް ކުރި ނަމަވެސް، އެ ކުންފުންޏެއްގެ މަސައްކަތްތަކަށް ބަލާއިރު އެ އަދަދަށް މުވައްޒަފުން ނުކެނޑިދާނެ ކަމަށްވެސް ޒަމީރު އިއްޔެ ވަނީ ވިދާޅުވެފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;