އެމްއޭސީއެލްއިން މިއަދު ބުނީ، ވީއައިއޭގައި ޓާމިނަލް 2ގެ ކަފިހި ހުރަހުގެ ފުރާޅު މަރާމާތު ކުރުމުގެ މަސައްކަތް ކުރުމަށް މާދަމާއިން ފެށިގެން މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ދަންވަރު 00:00 އިން ފަތިހު 5:00އާ ހަމައަށް އެ ސަރަހައްދު ބަންދު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައި ޓްރެފިކް ފްލޯއަށް ބަދަލުތައް ގެނައުމަށް ވަނީ ނިންމާފަ އެވެ.
އެގޮތުން ޓެކްސީ ޑޮމެސްޓިކް ޓާމިނަލަށް ފަސިންޖަރުން ގޮވައިގެން އަންނަ ޓެކްސީތައް މަޑުކުރާނީ، ޓާމިނަލް 1ގެ ޑިޕާޗާ ގޭޓް 1 އަދި ގޭޓް 2އަކަށް ކަމަށް އެމްއޭސީއެލްއިން ބުންޏެވެ. މި ވަގުތުތަކުގައި ޓާމިނަލް 2ގެ ޓެކްސީ ސްޓޮޕް ބަންދުވާނެ އެވެ.
އެމްޓީސީސީ ބަސްތަކުގެ ހިދުމަތަށް ބަލާއިރު، ފަސިންޖަރުން ބޭލުމާއި ނެގުމަށް ބަސްތައް މަޑުކުރާނީ ހަމައެކަނި އެއާޕޯޓުގެ ހުޅަނގު ފަރާތު ސައިކަލް ޕާކިން ސަރަހައްދުގައި ހުންނަ ބަސްހުއްޓިއަށެވެ.
މީގެ އިތުރުން، އެމްއޭސީއެލްގެ އިންޓާނަލް ބަސް ރޫޓް އެކެއް (އޭޓީސީ އިން އަންނަ ބަސް)ގެ ދަތުރުތައް ނިންމާލާނީ ޓާމިނަލް އެކެއްގެ ޑިޕާޗާ ގޭޓަށެވެ. އަދި ވޯޓާ ސަޕްލައިއަށް ދަތުރުކުރާ ބަސްތައް (ރޫޓް 2) ފަށާނީ ޓާމިނަލް ދޭއްގެ ކުރިމަތީގައި އޮންނަ ބުރު ކައިރިންނެވެ.
އެމްއޭސީއެލްއިން މައުލޫމާތުދޭ ގޮތުގައި މި ބަދަލުތަކާއެކު ވެސް އެއާޕޯޓުގެ އެއްވެސް ބަސް ޝެޑިއުލްއަކަށް ބަދަލެއް ނާންނާނެ އެވެ. ބަސް ރޫޓަށް ބަދަލު އަންނާނީ ހަމައެކަނި ކަނޑައެޅިފައިވާ ވަގުތުތަކުގަ އެވެ
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;