ads
ފިޔާޒު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. - ފޮޓޯ: ދައުރު
ޑޮކިއުމެންޓްރީ މައްސަލައިގައި ފިޔާޒު ވެސް ހުރީ ހަނު
އޮންލައިން ނޫސް "އަދަދު"ން ގެނެސްދިން "އައިޝާ" ޑޮކިއުމެންޓްރީގެ މައްސަލައިގައި ފުލުހުން ތަހުގީގުކުރަމުން އަންނަ ޖިނާއީ މައްސަލައިގެ ތަހުގީގަށް ހާޒިރުކުރުމުން، އެ ނޫހުގެ ސީއީއޯ އަދި ޗީފް އެޑިޓަރު ހުސައިން ފިޔާޒް މޫސާ ވެސް ހަނު ހުރުމުގެ ހައްގު ބޭނުންކޮށްފި އެވެ.
Advertisement

ފިޔާޒު ވިދާޅުވީ ހަނު ހުރުމުގެ ހައްގު ބޭނުންކުރީ ދިވެހި ރައްޔިތުންގެ ހައްގުގައި ކަމަށެވެ. އެކި މަސްދަރުތަކުން ދޭ މައުލޫމާތު ރައްކާތެރިކަމާ އެކު ބަލަހައްޓާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް މަސްދަރަކީ އަޅުގަނޑުމެން އުމުރު ދުވަހު ޖަލު އޮންނަން ޖެހުނު ނަމަވެސް އަޅުގަނޑުމެން ހިމާޔަތްކުރާނެ ކަމުގެ ޔަގީންކަން ދެން،" އޭނާ ވިދާޅުވި އެވެ.

އަދަދުގެ އެޑިޓަރު ހަސަންއެކޭ އެއްގޮތަށް ފިޔާޒަށް ވެސް މި މައްސަލައިގައި ފަސް ޖިނާއީ ތުހުމަތެއް ކުރެ އެވެ. އެއީ:

  • ގާނޫނުލްއުގޫބާތުގެ 30 ވަނަ މާއްދާ: މީހަކު ކުރާ އަމަލަކަށް އެހެން މީހާކު ޒިންމާދާރުކުރުވުން ނުވަތަ ބައިވެރިވުމުގެ ޒިންމާ

  • ގާނޫނުލްއުގޫބާތުގެ 30 ވަނަ މާއްދާގެ (ހ)ގެ 2: މީހަކު ކުރާ އަމަލަކަށް އެހެން މީހާކު ޒިންމާދާރުކުރުވުން، ބައިވެރިވުމުގެ ޒިންމާ

  • ގާނޫނުލްއުގޫބާތުގެ 81 ވަނަ މާއްދާ: ކުށެއް ކުރުމަށް އެދުން

  • ގާނޫނުލްއުގޫބާތުގެ 82 ވަނަ މާއްދާ: ކުށެއް ކުރުމަށް ރޭވުން

  • ގާނުލްއުގޫބާތުގެ 612 ވަނަ މާއްދާ: ގަޒުފްކުރުން

އެ ނޫހުން މިދިޔަ މަހު 28ގައި ގެނެސްދިން "އައިޝާ" ޑޮކިއުމެންޓްރީގެ މައްސަލައިގައި ފުލުހުން މިދިޔަ ހޯމަ ދުވަހު ވަނީ އެ ނޫސް ހިންގާ އޮފީސް ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކޮށްފަ އެވެ. 

ފުލުހުން އަންނަނީ ރައީސް މުޢިއްޒަށް އަމާޒުކޮށް ހަދާފައިވާ ޑޮކިއުމަންޓްރީގެ މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަމުންނެވެ.

އެގޮތުން ފިޔާޒާއި ހަސަނުގެ އިތުރުން ސަރުކާރުގެ ސިޔާސީ މަގާމުތަކެއް ކުރިން ފުރުއްވި އީޝާ އަޝްރަފްގެ ޕާސްޕޯޓު ވެސް މިހާރު ވަނީ ހިފަހައްޓައިފަ އެވެ.

މީޑިއާގެ މައްސަލަތައް ބަލަން ކޮމިޝަނެއް އޮއްވައި ފުލުހުން މި މައްސަލައިގެ ތެރެއަށް މި ގޮތަށް ވަނުމަކީ މިނިވަން ނޫސްވެރިކަމަށް ވަކާލާތު ކުރާ ގިނަ ބައެއްގެ ކަންބޮޑުވުމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;