ads
ޑްރަގު ކެފޭއެއް
ޑްރަގު ކެފޭއެއް ބަންދުކުރަން އަމުރުކޮށްފި
ކެފޭގެ އުސޫލުން ޑްރަގުގެ ހިދުމަތްދޭ ތަނެއް ބަންދުކުރަން ކޯޓުން ފުރަތަމަ ފަހަރަށް އަމުރުކޮށްފި އެވެ.
Advertisement

ޑްރަގު ކެފޭއެއް ބަންދު ކުރަން އަމުރުކުރިކަން ހާމަކޮށް، ފުލުހުން ބުނީ ކޯޓުން މިދިޔަ އަންގާރަ ދުވަހު ނެރުނީ ހ. ގުންޒަރު ނަމަކަށް ކިޔާ ގެއެއް 90 ދުވަހަށް ބަންދުކުރުމުގެ އަމުރެއް ކަމަށެވެ.

މަސްތުވާތަކެއްޗާ ބެހޭ ގާނޫނު ކުރިން އޮންނަ ގޮތުން، މަސްތުވާތަކެތީގެ ހިދުމަތް ފޯރުކޮށްދޭ ތަންތަން 24 ގަޑިއިރަށް ބަންދުކުރުމުގެ ނޯޓިސް ނެރުމުގެ ބާރު ފުލުހުންނަށް އޮތް ނަމަވެސް، އެ އަށް ވުރެ ދިގު މުއްދަތަކަށް ބަންދެއް ނުކުރެވެ އެވެ. އެ ނޫން ހާލަތްތަކުގައި، އެ ގޭގެ ވެރިފަރާތުގެ ހުއްދައާ އެކު، ޑްރަގްގެ ކެފޭތައް ފުލުހުން ގޮސް ބަންދުކުރެ އެވެ.

މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް މިދިޔަ އަހަރު ގެނައި އިސްލާހުގައި ވަނީ ގިނަވެގެން ތިން މަސް ދުވަހަށް އެ ފަދަ ތަންތަން ބަންދުކުރުމުގެ އަމުރު ކޯޓުތަކަށް ނެރެވޭ ގޮތް ހަދައިފަ އެވެ.

އެ ބަދަލަށް މިދިޔަ މާޗު ހަތް ވަނަ ދުވަހު ވަނީ އަމަލުކުރަން ފަށައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;