މިހާރު ރައީސް އޮފީހުގައި ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ދައުލަތުން ދައްކަންޖެހޭ ދަރަނީގެ ތެރެއިން 50 މިލިއަން ޑޮލަރު ދައްކާފައިވާކަމަށެވެ. އެއީ އިންޑިއާއިން މިދިޔަ ސަރުކާރުން ނަގާފައިވާ 150 މިލިއަން ޑޮލަރުގެ ތެރެއިން ބައެއްކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
މިދިޔަ ސަރުކާރުން އިންޑިއާއިން ނެގި ލޯން
ރައީސް މުއިއްޒު ވިދާޅުވީ މިދިޔަ ސަރުކާރުން އިންޑިއާ އަތުން ލޯނު ތިން ފަހަރެއްގެ މަތިން ނަގާފައިވާއިރު އެ ދެއްކުން ފަސްކުރަމުން އައިކަމަށެވެ. އެހެންނަމަވެސް މި ސަރުކާރުން ވެރިކަމަށް އައިސް 7 ޖެނުއަރީ 2024ގައި އޭގެ ތެރެއިން 50 މިލިއަން ދައްކާފައިވާކަމަށެވެ. އަދި މިއަދު އަނެއް 50 މިލިއަން ދައްކާފައިވާއިރު ބާކީ އޮތް 50 މިލިއަން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހު ދައްކަން ޖެހޭއިރު އެދުވަހު އެ ދަރަނި ދައްކާ ނިންމާނެކަމަށްވެސް ރައީސްް މުއިއްޒު ވިދާޅުވިއެވެ.
ދައުލަތުން ދައްކަންކެހޭ ދަރަނިތައް ދައްކަމުން ދިޔައީ މުސާރަ ދީ ރައްޔިތުންނަށް ދެންވެސް ކޮށްދޭން ޖެހޭ ކަންކަން ކޮށްދެމުންކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;