ads
ޑްރަގު މައްސަލައެއްގައި ވެލިދޫ ދެ މީހުން އުމުރަށް ޖަލަށް
ޑްރަގު މައްސަލައެއްގައި ވެލިދޫ ދެ މީހުން އުމުރަށް ޖަލަށް
ޑްރަގު މައްސަލަތަކެއްގައި ވެލިދޫ ދެ މީހަކު އުމުރަށް ޖަލަށްލާން ހުކުމްކޮށްފިއެވެ.
Advertisement

އުމުރަށް ޖަލަށްލާން ހުކުމްކޮށްފައިވަނީ ނ. ވެލިދޫ / ދިލްބަހާރުގެ، އަޙްމަދު އިބްރާހީމް (44އ) އަދި ހެޕީގާރޑްން، ޙުސައިން އިބްރާހީމް (39އ) ގެ މައްޗަށެވެ.

މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ 105 ވަނަ މާއްދާގެ (ހ) ގެ ދަށުން، ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށާއި، މި ގާނޫނުގެ 115 ވަނަ މާއްދާގެ (ހ) ގެ ދަށުން ކެނެބިސް ބޭނުންކުރުމުގެ ކުށް ސާބިތުވެފައި ވަނީ އަޙްމަދު އިބްރާހީމްގެ މައްޗަށެވެ.

މި ދެކުށުގެ އުގޫބާތެއްގެ ގޮތުން، މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ 105 ވަނަ މާއްދާގެ (ނ) ގެ ދަށުން އަޙްމަދު އިބްރާހީމް 25 އަހަރު ދުވަހުގެ މުއްދަަތަށް ޖަލަށްލުމާއެކު 100،000 (އެއްލައްކަ) ރުފިޔާއިން ޖޫރިމަނާކޮށް، 115 ވަނަ މާއްދާގެ (ނ) ގެ ދަށުން އަޙްމަދު އިބްރާހީމް 3 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފައެވެ. އަދި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 186 ވަނަ މާއްދާއަށް ރިއާޔަތްކޮށް، އަޙްމަދު އިބްރާހީމް ތަންފީޒުކުރަންޖެހޭ ޖަލު އަދަބަކީ 27 އަހަރާއި 11 މަހާއި 5 ދުވަސް ކަމަށް ހުކުމްގައި ވަނީ ކަނޑައަޅާފައެވެ. މި ހުކުމް އިއްވާފައި ވަނީ 2026 މެއި 12 ވަނަ ދުވަހުއެވެ.

މަސްތުވާތަކެތި ގެންގުޅުމާއި އޭގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި އަޙްމަދު އިބްރާހީމް ހައްޔަރުކޮށްފައިވަނީ 2024 މެއި 7 ވަނަ ދުވަހު އެވެ. އެ މައްސަލައިގެ ތަހުގީގު ނިންމައި، އޭނާގެ މައްޗަށް ދައުވާ އުފުލުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ 2024 ޖޫން 30 ވަނަ ދުވަހުއެވެ.

އޭގެ އިތުރުން، ގާނޫނު ނަންބަރު މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ 105 ވަނަ މާއްދާގެ (ނ) ގެ ދަށުން، ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށް ސާބިތުވެފައި ވަނީ ޙުސައިން އިބްރާހީމްގެ މައްޗަށެވެ.

މި ކުށުގެ އުގޫބާތެއްގެ ގޮތުން، މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ 105 ވަނަ މާއްދާގެ (ނ) ގެ ދަށުން ޙުސައިން އިބްރާހީމް 25 އަހަރު ދުވަހުގެ މުއްދަަތަށް ޖަލަށްލުމާއެކު 100،000 (އެއްލައްކަ) ރުފިޔާއިން ޖޫރިމަނާކުރުމަށް ވަނީ ހުކުމްކޮށްފައެވެ. އަދި ގާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 186 ވަނަ މާއްދާއަށް ރިއާޔަތްކޮށް، ހުސައިން އިބްރާހީމް ތަންފީޒުކުރަންޖެހޭ ޖަލު އަދަބަކީ 24 އަހަރާއި 11 މަހާއި 14 ދުވަސް ކަމަށް ހުކުމްގައި ވަނީ ކަނޑައަޅާފައެވެ. 

މި ހުކުމް އިއްވާފައި ވަނީ 2026 މެއި 12 ވަނަ ދުވަހުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;