އަޒާން މި ދައުވާ އުފުލާފައިވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހުގެރޭ ފުލުހުން 'އަދަދު' ނޫހުގެ އިދާރާއަށް ވަނުމުން 'ދައުރު' ނޫހުގައި ޝާއިއުކޮށްފައިވާ "އަދަދު އަށް ފުލުހުން ވަދެގަތުމާއި އަޒާން ކުރެއްވި ތަޖުރިބާ" މި ސުރުހީގެ ދަށުން ލިޔެފައިވާ ލިޔުމަކާއި ގުޅިގެންނެވެ.
ކުރިން ނޫސްވެރިޔެއްގެ ގޮތުގައިވެސް މަސައްކަތް ކުރި އަޒާން ސިވިލްް ކޯޓަށް ހުށައެޅި މައްސަލާގައި ތިން ކަމަކަށް އެދިފައިވެ އެވެ. އެގޮތުން އޭނާގެ އަބުރާ ބެހުމުގެ ގެއްލުމުގެ މައުނަވީ ބަދަލަކަށް 5،000 ރުފިޔާއާއު ގާނޫނީ ހަރަދުގެ ގޮތުގައި ހޭދަވި 28،670 ރުފިޔާގެ އިތުރުން މައްސަލައިގެ ރެޖިސްޓްރޭޝަން ފީގެ ގޮތުގައި ދެއްްކި ފައިސާގެ އަދަދުވެސް ނަގާދިނުމަށް އެދިފައި ވެއެވެ.
އަޒާންގެ ފަރާތުން ދެން އެދިފައިވަނީ ދައުރުގައި ޝާއިއު ކުރި އެ ލިޔުމުން އޭނާގެ އަބުރަށް އަރައިގަނެފައިވާ ކަމަށް ކަނޑައަޅާ، އެ ލިޔުން ޑިލީޓު ކުރުމަށް ނުވަތަ އިސްލާހު ކުރުމަށް އަމުރުކޮށްދިނުމަށެވެ. އަދި މީގެއިތުރުުން އަޒާން ހުށައެޅި މައްސަލަ ބަލާ ނިމެންދެން، ދައުރުގައި ޝާއިއުކޮށްފައިވާ ލިޔުން 'ޑްރާފްޓް' ސްޓޭޓަސްއަށް ބަދަލުކޮށް، އާންމުނަށް އެ ލިޔުން ނުފެންނާނެހެން ހެދުމަށް އަމުރުކޮށްދިނުމަށްވެސް އޭނާ ވަނީ އެދިފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;