މިރޭ މަޖީދީމަގުން ފެށި މުޒާހަރާ ފެށުނުއިރު ކުރީގެ ރައީސް މުހައްމަދު ނަޝީދާއި މާލޭ މޭޔަރު އާދަމް އާޒިމްގެ އިތުރުން އެމްޑީޕީގެ އިސް މެންބަރުން ވެސް ބައިވެރިވެވަޑައިގަންނަވާ ތަން ފެނުނެވެ.
އެމްޑީޕީގެ މުޒާހަރާ ފަށާފައި ވަނީ ޗާންދަނީ މަގުގައި ހުންނަ އެޕާޓީގެ މައި ހަރުގެއިންނެވެ. މުޒާހަރާ ފައްޓަވަމުން ކުރީގެ ރައީސް ނަޝީދު ވިދާޅުވެފައި ވަނީ ޖަލަށްލާފައިވާ ނޫސްވެރިން މިނިވަން ކުރަންދެން މުޒާހަރާ ކުރުން ހުއްޓައި ނުލާނެ ކަމަށެވެ.
އަދަދުގެ ދެ ނޫސްވެރިން ކަމަށްވާ ލީވާން އަލީ ނާސިރާއި މުހައްމަދު ޝަހުޒާން ޖަލަށް ލުމަށް އިއްޔެ ކްރިމިނަލް ކޯޓުން ހުކުމްކުރީ ރައީސް މުއިއްޒުގެ މައްޗަށް އަހުލާގީ ގޮތުން ދަށް އަމަލުތަކެއް ހިންގެވި ކަމަށް ތުހުމަތުތަކެއްކޮށް "އަދަދު" ނޫހުން ގެނެސްދިން ޑޮކިއުމަންޓްރީއާ ގުޅޭ ގޮތުން އެއްވެސް ވާހަކައެއް ނުދައްކަން ކޯޓުން އަމުރުކޮށްފައިވަނިކޮށް، އެކަމާ ގުޅޭ ހަބަރެއް ގެނެސްދިން މައްސަލައަކާއި ރައީސްއާ އެކަމާ ބެހޭ ގޮތުން ސުވާލެއް ކުރި މައްސަލާގަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;