މައުމޫންގެ މައްޗަށް ކްރިމިނަލް ކޯޓުގައި އުފުލި ރިޝްވަތުގެ ހިފުމުގެ ހަތް ދައުވާގެ ތެރެއިން ފަސް ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރިއެވެ. ދައުލަތުން ހައިކޯޓަށް ހުށަހެޅީ އެ ފަސް މައްސަލައެވެ. މި ފަސް މައްސަލަ ހައިކޯޓަށް ހުށަހަޅާފައި އޮތީ މިދިޔަ ހަފްތާގައެވެ. އެކަމަކު، އެ މައްސަލަ ބަލައިގަތުމާމެދު ހައިކޯޓުން އަދި ގޮތެއް ނިންމާފައެއް ނުވެއެވެ.
މައުމޫންގެ މައްޗަށް ދައުވާކުރީ ކުރީގެ ޕީޕީއެމްގެ ވެރިކަމުގައި މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރަކަށް އޭނާ ހުންނެވިއިރު 2016 ވަނަ އަހަރު ރިޝްވަތުގެ ގޮތުގައި ފައިސާ ނެގިކަމުގެ ތުހުމަތުގައެވެ. އެ މައްސަލައިގައި ރިޝްވަތުގެ ހަތް ދައުވާއެއް އޭނާގެ މައްޗަށް އުފުލިއެވެ. އޭގެ ތެރެއިން ދެ ދައުވާއެއް ސާބިތުވާ ކަމަށް ކަނޑައަޅައި، 12 އަހަރާއި ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އިއްވިއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;