ads
އެމްޖޭއޭ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން.
އެމްޖޭއޭއިން ހުށައެޅި ގެގް އޯޑަރުގެ މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި
ނޫސްވެރިކަމުގެ މިނިވަންކަމާއި، ހިޔާލުފާޅުކުރުމުގެ މިނިވަންކަން ރާއްޖޭގައި ހަނިވަމުންދާނެތީވެ "އަދަދު" ނޫހުން އުފެއްދި ޑޮކިއުމެންޓްރީއާ ގުޅޭ "ގެގް އޯޑަރު" އިސްތިއުނާފްކުރަން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ހައި ކޯޓަށް ހުށަހެޅި މައްސަލަ ބައލި ނުގެނެ ބޭރުކޮށްލައިފިއެވެ.
Advertisement

"އަދަދު" ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެ ނޫހުގެ މެނޭޖިން އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގަޒުފު ކުރުމުގެ ކުށުގެ ދައުވާ ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން އުފުލައި، އެ މައްސަލަ ކްރިމިނަލް ކޯޓޫގައި ވަނީ ފަށާފައެވެ. އަދި މައްސަލާގައި ޕީޖީ އޮފީހުން އެދިގެން "ގެގް އޯޑަރެއް" ނެރެފައިވާއިރު އެ އޯޑަރާއި ހިލާފުވިކަމަށް ބުނެ އަދަދު ނޫހުގެ ދެ ނޫސްވެރިންކަަމަށްވާ ލިވާން އާއި ޝަހުޒާން ވަނީ ޖަލަށް ލާފައެވެ. 

ކްރިމިނަލްކޯޓުގެ ގެގް އަމުރު ބާތިލްކޮށްދިނުމަށް އެދި، ހައި ކޯޓުގައި ދިވެހި ނޫސްވެރިންގެ ޖަމިއްޔާ އެމްޖޭއޭން ވަނީ އިސްތިއުނާފުކޮށްފައެވެ. އަދި ވަގުތީ އަމުރަކަށްވެސް އެދިފަ އެވެ. އެއީ ހައި ކޯޓުން ގޮތެއް ކަނޑައަޅަންދެން ކްރިމިނަލް ކޯޓުގެ އެ އަމުރަށް އަމަލުކުރުން ފަސްކޮށްދިނުމަށް އަންގައި ވަގުތީ އަމުރެއް ނެރެދިނުމަށެވެ. މި އަމުރުގެ ސަބަބުން އަސަރުކޮށްފައިވާ، މައްސަލައަށް ތަދައްހުލްވާން ބޭނުންވާ ވީހާ ވެސް ގިނަ ފަރާތްތަކުން މައްސަލައަށް ތަދައްހުލްވުމަށް އެމްޖޭއޭން އެދިފައިވެ އެވެ.

ހައިކޯޓުން މިއަދު ވަނީ އެމްޖޭއޭއިން ހުށައެޅި މައްސަލަ ނުބެލޭނެކަމަށް ބުނެ ކޯޓުން ބޭރުކޮށްލާފައެވެ. އެ ކޯޓުގެ ރެޖިސްޓަރާ މަރްޔަމް ހޫރުޝީދާ ނިންމި ނިންމުމުގައި ބުނެފައިވަނީ އެ އަމުރު އިސްތިއުނާފުކުރުމުގެ ހައްގު މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނަށް ނެތް ކަމަށް ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;