ads
ޖަލަށްލީ ނޫސްވެރިންގެ މައްސަލަ ހައިކޯޓަށް ބަލައިގެންފި
ޖަލަށްލީ ނޫސްވެރިންގެ މައްސަލަ ހައިކޯޓަށް ބަލައިގެންފި
ކްރިމިނަލް ކޯޓުން ނެރެފައިވާ ގެގް އޯޑަރާ ހިލާފަށް އަމަލުކޮށް، ކޯޓު ހުރުމަތް ކެނޑި މައްސަލައިގައި ޖަލަށްލީޯ ދެ ނޫސްވެރިން ކަމަށްވާ ލީވާން އަލީ ނަސީރާއި މުހައްމަދު ޝަހުޒާން ޖަލަށްލީ މައްސަލަ ހައިކޯޓަށް ބަލައިގެންފިއެވެ.
Advertisement

މި ދެ މައްސަލަވެސް ހައިކޯޓުގައި ރަޖިސްޓްރީކޮށްފައިވާ ކަމަށް ހައިކޯޓުގެ ވެބްސައިޓުން ދައްކައެވެ. ލީވާންއާއި ޝަހްޒާންގެ ޖަލު ހުކުމުގެ މައްސަލަ ހައިކޯޓަށް ބަލައިގަތް އިރު، ޖަލު ހުކުމް ތަންފީޒުކޮށް ނިމިގެން ލީވާން މިހާރުވަނީ މިނިވަންވެފައެވެ. ޝަހުޒާން އަދި ހުރީ ޖަލުގައެވެ.

ދެ ނޫސްވެރިން ވެސް ޖަލަށް ލައިފައި މިވަނީ ގަޒުފުކުރިކަމުގެ ތުހުމަތުގައި އަދަދު ނޫހުގެ އިސްވެރިންގެ މައްޗަށް އުފުލާފައިވާ ދައުވާތަކާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު އަމުރަކާ ޚިލާފުވި  މައްސަލައިގައެވެ.

ނޫސްވެރިން ޖަލަށްލި މައްސަލައިގައި އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ) އާއި ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) ފަދަ ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށް، ނޫސްވެރިން ވަގުތުން ދޫކޮށްލުމަށް ގޮވާލާފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;