ads
"ދަ ޑިމޮކްރެޓްސް"ގެ ނަމުގައި ސިޔާސީ ޕާޓީ އުފެއްދުމަށް ހުއްދަ ދިން ދުވަހުގެ ފޮޓޯއެއް
ދަ ޑިމޮކްރެޓްސް ހިމެނޭހެން އިތުރު ސިޔާސީ ޕާޓީއެއް އުވާލައިފި
ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވާ އުފެއްދެވި ދަ ޑިމޮކްރެޓްސް އަދި އިތުރު ޕާޓީއެއް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު އުވާލައިފި އެވެ.
Advertisement

މިއަދު އުވާލި އެމްއެލްއެސްޑީޕީއަކީ ގާނޫނީ ވަކީލް އަބްދުﷲ ހަސީނަށް 2018 ވަނަ އަހަރު އިލެކްޝަންސް ކޮމިޝަނުން ޕާޓީ އުފައްދަން ދިން ހުއްދައިގެ ދަށުން އުފެއްދި ޕާޓީއެކެވެ. ނަމަވެސް މެންބަރުން ހަމަނުވާތީ އެ ޕާޓީ އުވާލިކަން 2023ގައި އެ ކޮމިޝަނުން އިއުލާންކުރިއެވެ.

އެހެންނަމަވެސް، ޕާޓީ އުވާލީ ގާނޫނުގައި ބަޔާންކުރާ އަދަދަށް މެންބަރުން ހަމަކުރުމަށް މުއްދަތު ނުދީ ކަމަށް ބުނެ އެމްއެލްއެސްޑީޕީން ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅި އެވެ. އެ މައްސަލަ ނިންމީ ޕާޓީގެ ކޮޅަށް ކަމުން، އިލެކްޝަންސް ކޮމިޝަނުން ވަނީ އެ ޕާޓީ އަލުން ޕާޓީތަކުގެ ދަފުތަރުގައި ހިމަނައިފަ އެވެ.

މީގެ އިތުރުން ދަޑިމޮކްރެޓްސް އުވާލިއިރު، އެ ޕާޓީ އުފެއްދުމުގައި އިސްކޮށް ހުންނެވި ކުރީގެ ރައީސް ނަޝީދާ އެކު، އެ ޕާޓީގެ އިސްބޭފުޅުންތަކެއް ވަނީ އެމްޑީޕީއާ އަލުން ގުޅިފަ އެވެ.

އެންމެ ފަހުގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރާ ދިމާކޮށް އޭރުގެ ރައީސް އިބޫ އާއި ނަޝީދާ ދެ ބޭފުޅުންގެ މެދުގައި އުފެދުނު ސިޔާސީ އަރައިރުންތަކާ ގުޅިގެން ޑިމޮކްރެޓްސް އުފެއްދީ 12 ޖުލައި 2023 ގަ އެވެ.

މިދިޔަ ރިޔާސީ އިންތިހާބުގައި ނަޝީދު ވާދަނުކުރެއްވިޔަސް، ޑިމޮކްރެޓްސްގެ ކެންޑިޑޭޓުގެ ގޮތުގައި އިލްޔާސް ލަބީބް ވާދަކުރައްވައި، ފުރަތަމަ ބުރުގައި ތިންވަނައަށް އެންމެ ގިނަ ވޯޓު ހޯއްދެވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;