ހުޅުމާލޭ ފަޅުތެރޭގައި އޮތް ކަންނެލި ދޯންޏަކުން ފެނުނު 130 ކިލޯ މަސްތުވާތަކެތީގެ މައްސަލައިގައި އިސްކޮށް ހުރި ކަމަށް ތުހުމަތުކޮށް ޝަހީބު އިބްރާހިމް ހައްޔަރުކުރީ 2020 ވަނަ އަހަރުއެވެ.
އެ މައްސަލަ ނިންމާ މިދިޔަ ސެޕްޓެމްބަރުމަހު އޭނާގެ މައްޗަށް ދަށު ކޯޓުން ވަނީ 50 އަހަރުގެ ގަލު ހުކުމެއް އިއްވާފައެވެ. އޭގެއިތުރުން 10 މިލިއަން ރުފިޔާ ދައުލަތަށް ދައްކަންވެސް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
ޝަހީބު އިބްރާހީމަށް، މީހަކު ދޭން ސިވިލް ކޯޓުން ހުކުމްކުރި 650،000 ރުފިޔާ ހިފަހައްޓަން ހައިކޯޓުން ވަނީ އަމުރުކޮށްފައެވެ. އެ ކޯޓުން މިގޮތަށް އަމުރުކުރީ އެ ފައިސާ ޝަހީބަށް ދައްކަންޖެހޭ މީހާ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުންނެވެ.
އެ ފައިސާއަކީ ޝަހީބުދިން ފައިސާއެއް ކަމަށް ބުނެ އެ ފައިސާ ހޯދަން ހުށަޢެޅި މައްސަލަ ސިވިލްކޯޓުން ނިންމާފައިވަނީ ޝަހީބާއި އެއްކޮޅަށެވެ. އެއްބަސްވުމާއި ހިލާފުގެ ވެގެންކަމަށް ބުނެ ހޯދަން ހުށައެޅި 650،000 ރުފިޔާ ތިން މަސްދުވަހުގެ ތެރޭގައި ޝަހީބަށް ދެއްކުމަށް ސިވިލްކޯޓުން ވަނީ ހުކުމްކޮށްފައެވެ.
އެހެންނަމަވެސް ހައިކޯޓުން ވަނީ އެ ފައިސާ ހިފަހައްޓަން އަމުރުކޮށްފައެވެ.
ރައީސް ޔާމިންގެ ވެރިކަމުގައި ހައުސިން މިނިސްޓްރީގެ ކޯޑިނޭޓަރުކަން ކުރި އަދި 19 ވަނަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ވާދަވެސް ކުރި ޝަހީބް އިބްރާހިމްއަކީ 2019ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ރާއްޖެއަށް ޑްރަގު އެތެރެކުރަނިކޮށް އަތުލައިގެން އިރާނު ބޯޓުން ފެނުނު މަސްތުވާތަކެއްޗާ ގުޅުން އޮތް މީހެއް ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;