ads
ބޭންކް އޮފް މޯލްޑިވްސްގެ ހެޑް އޮފީސް
ބީ.އެމް.އެލްގެ މާލީ ދުޅަހެޔޮކަން ފިޗުން ބަލައިގަނެފި ކްރެޑިޓް ރޭޓިން ދީފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މާލީ ވަރުގަދަކަމާއި މާކެޓުގައި އޮތް އިސް މަގާމާއި ގޮންޖެހުންތަކުން އަރައިގަތުމުގެ ގާބިލުކަން ބަލައިގަނެ، ބައިނަލްއަގުވާމީ ކްރެޑިޓް ރޭޓިން އެޖެންސީ ފިޗް ރޭޓިންސް އިން އެ ބޭންކަށް ކްރެޑިޓް ރޭޓިންއެއް ދީފިއެވެ.
Advertisement

ފިޗުން ބީ.އެމް.އެލް ގެ ލޯންގް-ޓާމް އިޝުއާ ޑިފޯލްޓް ރޭޓިންގް ކަނޑައަޅާފައިވަނީ ’ސީސީސީ-’ ގައެވެ. އަދި ބޭންކުގެ ކުރިމަގު ނުވަތަ އައުޓްލުކް ’ސްޓޭބަލް‘ ކޮށް އޮތްކަމަށް ވަނީ ކަނޑައަޅާފައެވެ.

ފިޗުން ބޭންކުގެ ލޯކަލް ކަރަންސީ ލޯންގް-ޓާމް އައިޑީއާރު ’ސީސީސީ+‘ ގައި ކަނޑައަޅާފައިވާއިރު މިއީ ދައުލަތުގެ ސޮވަރިން ރޭޓިންގްއަށްވުރެ ދެ ދަރަޖަ މަތީ ރޭޓިން އެކެވެ. މި ނިންމުމުން ދޭހަވަނީ ދައުލަތުގެ މާލީ ހާލަތާ އަޅާބަލާއިރު ބޭންކުގެ އަމިއްލަ މާލީ ދުޅަހެޔޮކަން ވަރުގަދަ ކަމެވެ.

ބީއެމްއެލްއިން ބުނި ގޮތުގައި މި ރޭޓިންގް ދީފައިވަނީ މ އަހަރުގެ އޭޕްރީލް ގައި ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކް ދައުލަތުން ކާމިޔާބުކަމާއެކު އަދާކުރުމާ ގުޅިގެން، ރާއްޖޭގެ ސޮވްރިން ރޭޓިންގް 'ސީސީ' އިން 'ސީސީސީ-' އަށް ފިޗުން މަތިކުރުމާ ގުޅިގެންނެވެ. އަދި އާމްދަނީ އިތުރުކުރުމަށް ސަރުކާރުން ގެންނަ އިސްލާހުތަކާއި ފޮރިން ކަރަންސީއާ ބެހޭ ގާނޫނު ތަންފީޒުކުރުމަކީވެސް ރާއްޖޭގެ ރޭޓިންގް މަތިވުމަށް ބާރުއެޅި ކަންކަން ކަމުގައި ފިޗުން ފާހަގަކޮށްފައިވެއެވެ.

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;