އަޒާން، މޫސައާ ދެކޮޅަށް އަބުރުގެ ދައުވާ އުފުލީ ދައުރު ނޫހުގައި މޫސާ ލަތީފް "އަދަދު އަށް ފުލުހުން ވަދެގަތުމާއި އަޒާން ކުރެއްވި ތަޖުރިބާ"ގެ ނަމުގައި އަޒާންއާ ގުޅޭ ވާހަކަތަކެއް ހިމަނައި ލިޔުނު ރިޕޯޓަކާ ގުޅިގެންނެވެ.
އަޒާންގެ ދައުވާއާ ގުޅިގެން މިއަދު ސިވިލް ކޯޓުން ނެރުނު އަމުރުގައި ބުނީ އަންގާފައިވަނީ ލިޔުމުގެ ޕަބްލިކޭޝަން ސްޓޭޓަސް "ޑްރާފްޓް" ސްޓޭޓަސް އަށް ބަދަލުކުރުމަށާއި އެ ލިޔުމަށް އާންމުންނަށް އެކްސެސް ނުވެވޭނެ ގޮތް ހެދުމަށެވެ. އަދި މިއީ ލިޔުން ޑިލީޓްކުރުން ކަމުގައި ބެލެން ނެތް ކަމަށް ވެސް އަމުރުގައިވެ އެވެ.
މައްސަލަ ބެއްލެވި ގާޒީ އަލީ އަބްދުالله ނެރުއްވި އަމުރުގައިވަނީ، އަޒާން އެދިފައިވާ ގޮތަށް އަމުރު ނުނެރެފިނަމަ، މޫސާ ލިޔުއްވި އާޓިކަލް ގިނަ މީހުންނަށް ފެނި، އޭގެ ސަބަބުން އަޒާންގެ އަބުރަށް ލިބިފައިވާ ގެއްލުމަށްވުރެ އިތުރަށް ގެއްލުން ލިބުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
ނަމާއި އަބުރު ރައްކާތެރިކުރުމުގެ ހައްގަކީ ކޮންމެ މީހަކަށް ވެސް ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހައްގެއް ކަމަށާއި، ހިމާޔަތްކޮށްދޭންޖެހޭ ގާނޫނީ ހައްގެއް ފެންނަން އެބައޮތް ކަމަށް، އަމުރުގައި ވެއެވެ.
ކުރިން ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރި އަޒާންގެ ފަރާތުން ސިވިލް ކޯޓުގައި އެދިފައިވަނީ މޫސާ ލަތީފްގެ ރިޕޯޓްގައި އޭނާގެ އަބުރަށް އަރައިގެންފައިވާ ކަމަށް ކަނޑައަޅައި، އޭގެ ބަދަލު ނަގައިދިނުމަށެވެ. ދައުވާގައި އެދިފައިވަނީ ބަދަލުގެ ގޮތުގައި 5،000ރ. ނަގައިދިނުމާ އެކު ގާނޫނީ ހަރަދުގެ ގޮތުގައި ހޭދަވި 28،670ރ. ނަގައިދިނުމަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;