ads
ރައީސް ޑރ. މުހައްމަދު މުއިއްޒު
ވޯލްޑް ކަޕްގައި ރައީސް ސަޕޯޓް ކުރައްވާ ޓީމަކީ އާޖެންޓީނާ
މާދަމާރޭ ފަށާ ވޯލްޑްކަޕްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ސަޕޯޓްކުރައްވަނީ. އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއަށް ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
Advertisement

އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖޭގެ ފުޓްބޯޅަ ލެޖެންޑުންނަށް ހަދިޔާކުރާ ވޯލްޑް ކަޕްގެ ރަސްމީ ބޯޅައިގައި ސޮއިކުރައްވަމުންނެވެ. 

ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނަކީ ވަރަށް ކުޑައިރުއްސުރެން ފެށިގެންވެސް އާޖެންޓީނާގެ ސަޕޯޓަރެއް ކަމަށާއި އެ ޓީމަށް ސަޕޯޓްކުރަން ފެށުނީ އެޓީމުގެ ލެޖެންޑް، ޑިއޭގޯ މަރަޑޯނާގެ ސަބަބުންކަނެވެ. 

އާޖެންޓީނާގެ އިތިރުން އިންގްލެންޑަކީވެސް ވަރަށް ސަޕޯޓުކުރާ ޓީމެއް ކަން ފާހަގަކުރައްވަމުން ރައީސް މުއިއްޒުވަނީ އަޖެމްޓިނާއަށް ތަށި ނުލިބިއްޖެނަމަ ދެން އެދެނީ އިންގްލެންޑަށް ތަށި ލިބެންކަމަށެވެ.  

"އާޖެންޓީނާ އަށް ނުލިބެންޏާ އިންގްލެންޑަށް ލިބުނީމަ ހުންނާނީ ރަނގަޅަށް،" ރައީސް މުއިއްޒު ވިދާޅުވިއެވެ.

މާދަމާ ރޭ ފަށާ މުބާރާތުގެ ފައިނަލު މެޗު އޮންނާނީ އަންނަ ޖުލައި މަހު 19 ވަނަ ދުވަހު އެވެ.  މި.މުބާރާތުގައި 48 ގައުމަކުން ވާދަކުރެއެވެ. މި އަހަރު ވޯލްޑްކަޕް ބާއްވަނީ ތިން ގައުމެއްގައެވެ. އެއީ ކެނެޑާ، މެކްސިކޯ އަދި އެމެރިކާ އެވެ. މި ފަހަރުގެ މެޗްތައް ރާއްޖެ އަށް ދިމާވާނީ ދަންވަރާއި ފަތިހާ ހެނދުނުއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;