ބޮޑުތަކުރުފާނު މަގު ނަސަންދުރަ ސަރަހައްދުން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ކުރަމުން އަންނާތީ އެ ސަރަހައްދު އެއްކޮށް ބަންދުކޮށް އެ ސަރަހައްދުގެ ފަޅުވެސް ބޭނުން ކުރުން އޮތީ މަނާކޮށްފައެވެ.
އެމްޓީސީސީން އިއްޔެ ނެރުނު އިއުލާނެއްގައި ބުނީ ނަސަންދުރަ ކުރިމަތިިން ޖެޓީ ސަރަހައްދަށް މީހުން އަރުވައި ބޭލުމަށް ފެރީތައް ކައިރި ކުރެވޭނެ ގޮތަށް ވަގުތީ ހުއްދައެއް މިހާރު ދީފައިވާ ކަމަށެވެ.
އެހެންނަމަވެސް އެ ސަރަހައްދުގެ މަގުމަތީގައި އެއްވެސް އެއްގަމު އުޅަނދަކަަށް ހަރަކާތްތެރިވެ، ނޫޅެވޭނެ ކަމަށާއި އަދި އެ ސަރަހައްދު އާންމުކޮށް ބަންދުވާނެ ކަމަށް ވެސް އެމްޓީސީސީން ބުނެ އެވެ.
އެ ސަރަހައްދު ބޭނުން ކުރާއިރު އެ ކުންފުނީީގެ މުވައްޒަފުން ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލު ކުރުމަށާއި އަދި އިތުރު މައުލޫމާތު ސާފުކުރުމަށް 1650 އަށް ގުޅުމަށް އެ އެމްޓީސީސީން އިން ވަނީ އެދިފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;