ads
ސިފައިން ލޭ ހަދިޔާކުރަނީ
އަމިއްލަ އިސްނެގުމާއެކު ލޭ ހަދިޔާކުރާ ފަރާތްތަކަށް ރައީސްގެ ޝުކުރު
އެއްވެސް ބަދަލަކާ ނުލައި އަމިއްލަ އިސްނެގުމާއެކު ފުރާނަ ސަލާމަތްކޮށްދިނުމަށް ލޭ ހަދިޔާކުރާ ފަރާތްތަކުން އަދާކުރާ މުހިންމު ދައުރުގެ އަގު ވަޒަންކުރައްވާ އެ ފަރާތްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ޝުކުރު އަދާކުރައްވައިފިއެވެ.
Advertisement

ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ އަމިއްލައަށް އެދިގެން ލޭ ހަދިޔާކުރާ ފަރާތްތަކުގެ ދީލަތި އަމަލުގެ ސަބަބުން ދާއިމީކޮށް ލޭ އަޅަންޖެހޭ މީހުންނާއި ކުއްލި ހާލަތުގައި ލޭއަޅަންޖެހޭ ބަލިމީހުންނަށް އެންމެ ބޭނުންވާ ވަގުތު ފުރާނަ ސަލާމަތްކުރުމަށް ވެދެވޭ ވަރަށް ބޮޑު އެހީތެރިކަމެއްކަމަށެވެ. 

ބޭސްވެރިކަމާއި ޓެކްނޮލޮޖީގެ ރޮނގުން ދުނިޔެ ކިތަންމެ ބޮޑަށް ކުރިއަރާފައިވީ ނަމަވެސް، ލެޔަކީ އޭގެ ބަދަލުގައި އެހެން އެއްޗެއް ބޭނުންކުރެވޭނެ ވަސީލަތެއް ނޫންކަން ފާހަގަކުރައްވަމުން ރައިސް މުއިއްޒު ވިދާޅުވީ އާންމު ސިއްހަތު ރައްކާތެރިކުރުމަށާއި، ސިއްހީ ހިދުމަތްތައް ފުރިހަމައަށް ފޯރުކޮށްދިނުމުގެ އިތުރުން ގައުމީ ފެންވަރުގައި ކުރިމަތިވެދާނެ ކުއްލި ހާލަތްތަކަށް ތައްޔާރުވެ ތިބެންޖެހޭކަމަށެވެ. އެގޮތުން ހިލޭސާބަހަށް ލޭ ހަދިޔާކުރުމުގެ އާދަ އަށަގެންނެވުމަކީ ނުހަނު ބޭނުންތެރިކަމެއް ކަމުގައި ރައީސް މުއިއްޒު ވިދާޅުވިއެވެ. 

ދިވެހިރާއްޖެ ފަދަ ރަށްތައް ވަކިވަކިން އުފެދިފައިވާ ޖަޒީރާ ގައުމެއްގައި، ލޭ ލިބޭނެ އިންތިޒާމުތަށް ހަމަޖެހިފައި ހުރުމަކީ ސިއްޙީގޮތުން ދިމާވާ ކުއްލި ހާލަތްތަކުގައި މުހިންމު ކަމެއްކަން ރައީސް މުއިއްޒު ފާހަގަކުރެއްވިއެވެ. އެގޮތުން އާންމު ހޭލުންތެރިކޮށް، އަމިއްލައަށް ލޭ ހަދިޔާ ކުރުމަށް ބާރުއެޅުމަށާއި މުޖުތަމައުގެ އެންމެންގެ ދުޅަހެޔޮ ސިއްހަތަކަށް ގުޅިގެން މަސައްކަތް ކުރުމަށް ބާރުއެޅުމަށް މި ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށްވެސް ރައިސް މުއިއްޒު ވިދާޅުވިއެވެ. 

ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަސް ކޮންމެ އަހަރެއްގަވެސް ފާހަގަކުރަނީ ޖޫން މަހުގެ 14 ވަނަ ދުވަހުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;