މިދިޔަ ޑިސެމްބަރު މަހު، 109 އަހަރަށް ޖަލަށްލާން ހުކުމްކޮށްފައިވާ ޝިފާއު، އޭނާގެ މައްޗަށް އިއްވާފައިވާ 109 އަހަރުގެ ހުކުމް އިސްތިއުނާފު ކުރީ މި އަހަރުގެ މާރިޗު ހިސާބުގައެވެ. ހައިކޯޓުގައި ރަޖިސްޓްރީން ދައްކާ ގޮތުގައި އެ 23 މައްސަލަވެސް މިހާރު އޮތީ ރަޖިސްޓްރީކޮށްފައެވެ.
ޝިފާއުގެ މައްޗަށް, ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ޖުމުލަ 23 ދައުވާއެއް ސާބިތުވެފައިވެއެވެ. މި މައްސަލަތަކަށް ވަކިވަކިން އިއްވި އަދަބުތަކުގެ ޖުމުލައަކީ 109 އަހަރެވެ. އަދި، ހަތް މިލިއަން ރުފިޔާގެ ޖޫރިމަނާއެއް ވެސް ކުރިއެވެ.
މި މައްސަލަތަކުގެ އިސްތިއުނާފު ހައިކޯޓަށް ބަލައިގެންފައި އޮތްނަމަވެސް މައްސަލަތައް ފަށާނެ އިރެއް އަދި ސާފެއް ނުވެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;