ads
އިސްކަންދަރު ކޮށި
ފުލުހުންގެ އިސްކަންދަރު ކޮށީގައި 15 ބުރީގެ އިމާރާތެއް އަޅަނީ
ދިވެހި ފުލުހުންގެ ހިދުމަތުން ބޭނުންކުރަމުން އަންނަ އިސްކަންދަރު ކޮށީގައި 15 ބުރީގެ އިމާރާތެއް އަޅަން ނިންމާ އެކަން ކޮސްދޭނެ ބަޔަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
Advertisement

ފުލުހުން ބުނީ އިސްކަންދަރު ކޮށީގައި 15 ބުރީގެ އޮފީސް އިމާރާތެއް އަޅަން ބަޔަކު ހޯދަނީ އެ މަސައްކަތް ޑިޒައިން އެންޑް ބިލްޑް އުސޫލުން ކޮށްދޭނެ ބައެއްކަމަށެވެ. 

އަދި މި މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކޮންޓްރެކްޓާ ފައިނޭންސިންގ އުސޫލުންކަމަށްވެސް ފުލުހުން ބުނެއެވެ. މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން މި ބިޑް ގައި ރެޖިސްޓްރީ ވާން ޖެހޭނެކަމަށް ފުލުހުން ބުނެއެވެ. އެގޮތުން އަންނަ މަހުގެ އެއްވަނަ ދުވަހުގެ ކުރިން ބިޑްގައި ރެޖިސްޓްރީވާން ޖެހޭނެކަމަށާއި އޭގެ ފަހުން ފޮނުވާ އެއްވެސް ފޯމެއް ބަލއަި ނުގަންނާނެކަަމަށް ފުލުހުން ބުނެއެވެ. 

އަލަށް އަޅާ މި އިމާރާތުގެ ބޭސްމަންޓުގައި ހަތަރުފުރޮޅުލީ 28 އުޅަނދާއި 85 ސައިކަލް ޕާކްކުރެވޭނެ ޖާގަ ހުންނަން ޖެހެއެވެ. އަދި އިމާރާތުގެ އެއްވަނަ ބުރިއަކީވެސް ޕާކިން އޭރިއާއެއްގެ ގޮތުގައި ހަދާ އެތަނުގައި 4 ފުރޮޅުލީ 17 އުޅަނދު ޕާކުކުރެވޭނެ ޖާގަ ހުންނަން ޖެހެއެވެ. މީގެއިތުރުން އިމާރާތުގެ ދެވަނަ ބުރީގައި 261 ސައިކަލް ޕާކް ކުރާނެ ޖާގަވެސް ހުންނަން ޖެހެއެވެ. 

މި އިމާރާތުގައި އޮފީސް ބައިގެ އިތުރުން އެކޮމަޑޭޝަން ބްލޮކްތައްވެސް ހުންނާނެކަަމަށް ފުލުހުން ބުނެއެވެ. އެގޮތުން އިމާރާތުގެ 4 ވަނަ ބުރިން ފެށިގެން 10 ވަނަ ބުރިއާއި ދެމެދު ހުންނާނީ ފުލުހުންގެ އެކި ޑިޕާޓްމަންޓްތަކުގެ އޮފީސްތަކެވެ. އަދި 11 ވަނަ ބުރިން ފެށިގެން 15ވަނަ ބުރިއާއި ހަމައަށް އެއީ އެކޮމަޑޭޝަން ބްލޮކްތަކެވެ. އެ ބައިތައް ތަރައްގީކުރަން ޖެހޭނީ  80އާއި 100 ދެމެދުގެ އެނދުގެ އެކޮމަޑޭޝަން ބްލޮކެއްގެ ގޮތުގައެވެ. އަދި އެބައިތައް ތަރައްގީ ކުރަން ޖެހޭނީ ބޭރުން އަންނަ މެހެމާނުން ބޭތިއްބޭ ފެންވަރުގައިމަށްވެސް ފުލުހުންގެ ހިދުމަތުން ބުނެއެވެ. 

15 ބުރީގެ މި އިމާރާތުގެ 3 ވަނަ ބުރި ހާއްސަކޮށްފައިވަނީ ހޮސްޕިޓަލެއްގެ ގޮތުގައެވެ. 

މާފަންނު ސްޓޭޑިއަމް ކުރިމަތިން އަމީނީމަގުގައި ހުންނަ އިސްކަންދަރު ކޮށީގައި މިހާރު ހުންނަ އިމާރާތްވެސް ބޭނުންކުރަމުން އަންނަނީ އޮފީސް އިމާރާތެއްގެ ގޮތުގައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;