ads
އެމްއޭސީއެލްގެ ސީއީއޯ އިބްރާހީމް ޝަރީފު
އެއާޕޯޓު ނުހުއްޓި ކުރިއަށް ދަނީ ހުރިހާ އިދާރާއެއްގެ މަސައްކަތުން: ޝަރީފް
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ހިދުމަތްތައް އެއްވެސް ހާލަތެއްގައި މެދުނުކެނޑި ކުރިއަށްގެންދެވޭނީ ކަމާބެހޭ ހުރިހާ އިދާރާއެއް ގުޅިގެން އެކުގައި މަސައްކަތްކޮށްގެންކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އިބްރާހީމް ޝަރީފު މުހައްމަދު ވިދާޅުވެއްޖެ އެވެ.
Advertisement

ޝަރީފް އެގޮތަށް ވިދާޅުވީ ވީއައިއޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާއި، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (އެމްއެމްއެސް) އަދި މޯލްޑިވްސް ރެޑް ކްރެސެންޓް (އެމްއާރްސީ) އާއެކު އެމްއޭސީއެލްގެ މެދުގައި ފަހުމުނާމާތަކެއްގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކައިގަ އެވެ.

ޝަރީފު ވިދާޅުވި ގޮތުގައި މި ފަހުމުނާމާތަކަކީ އެއާޕޯޓަށް ކުރިމަތިވެދާނެ ކުއްލި ނުރައްކަލުގެ ހާލަތަކަށް ތައްޔާރުވުމަށް އެޅުނު މުހިއްމު އަދި ހަރުދަނާ ފިޔަވަޅެއްގެ ގޮތުގައެވެ. އަދި މިފަހުމުނާމާތަކުގެ ސަބަބުން މި އިދާރާތަކުގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެ، އެކުގައި މަސައްކަތްކުރުމުގެ އޮނިގަނޑެއް އެކަށައެޅި، ޒިންމާތައް ހިއްސާކުރުމަށް މަގުފަހިވާނެ ކަމަށް ސީއީއޯ ވިދާޅުވި އެވެ. 

"މި ފަހުމުނާމާގެ ސަބަބުން އުފެދޭ ގުޅުންތަކުގެ ތެރެއިން އޮޕަރޭޝަނަލް އުސޫލުތައް އިތުރަށް ހަރުދަނާވެ، ގުޅިގެން ހިންގާ ތަމްރީނުތަކާއި މައުލޫމާތު ބަދަލުކުރުމުގެ މަސައްކަތްތައް އިތުރުވާނެ އަދި ކުއްލި ހާލަތްތަކުގައި އަވަސް ފިޔަވަޅުތަކެއް އެޅުމުގެ ގާބިލުކަން ވަރަށް ބޮޑަށް އިތުރުވާނެ" ޝަރީފް ވިދާޅުވި އެވެ.

ވީއައިއޭއަކީ އަބަދުވެސް ބަދަލުތައް އަންނަމުންދާ ތަނެއްކަން ފާހަގަކުރައްވަމުން ޝަރީފު ވިދާޅުވީ، އެއާޕޯޓުގެ މަސައްކަތްތަކަށް މެދުކެނޑުމެއް ނައިސް ކުރިއަށްގެންދެވޭނީ ކަމާ ބެހޭ ހުރިހާ އިދާރާއެއްގެ މެދުގައި އެއްބާރުލުންދެވި އެކީގައި މަސައްކަތްކުރެވިގެން ކަމަށެވެ. 

އަދި ކުއްލި ހާލަތްތަކަށް ތައްޔާރުވުމަކީ އެންމެ އިދާރާއަކަށް އެކަނި ކުރެވިދާނެ ކަމެއް ނޫންކަން ފާހަގަކުރައްވައި، އެ މަސައްކަތުގައި އިދާރާތަކުގެ މެދުގައި އޮންނަ އިތުބާރާއި، ހާމަކަންބޮޑު ގޮތެއްގައި މުއާމަލާތްކުރެވުމުގެ މުހިއްމުކަން ފާހަގަކުރެއްވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;