ads
ކަނޑުމަތި: ސްނޯކްލިންއަށް ގޮސް އުޅެނިކޮށް އޮޔާ ދިޔަ ފަތުރުވެރިއަކު ސަލާމަތްކޮށްފި - ފައިލް ފޮޓޯ: އެމްއެންޑީއެފް
އޮޔާ ދިޔަ ފަތުރުވެރިއަކު ސަލާމަތްކޮށްފި
ރިސޯޓެއްގައި މޫދަށް އެރި އުޅުނު ޗައިނާގެ ފަތުރުވެރިއަކު އޮޔާ ދަނިކޮށް ފުލުހުންނަށް ފެނިގެން މިއަދު ސަލާމަތްކޮށްފި އެވެ.
Advertisement

ފުލުހުން ބުނީ މިއަދު މެންދުރުފަހު 14:26 ހާއިރު މާލެއިން ދ. ވާނީއަށް ދަތުރުކުރަމުންދިޔަ ފުލުހުންގެ "ލޯންޗް 54" އަށް، ކ. އަތޮޅު ރިސޯޓަކުން ސްނޯކްލިން އަށް ގޮސް އުޅުމުގެ ތެރޭގައި އޮޔާދިޔަ ޗައިނާ ފަތުރުވެރިއަކު ފެނިގެން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

އެ ފަތުރުވެރިޔާ ފެނިފައިވަނީ ރިސޯޓާ ގާތްގަނޑަކަށް މޭލެއްހާ ބޭރަށް އޮޔާ ގޮސްފައި ވަނިކޮށް ކަމަށް ފުލުހުން ބުންޏެވެ.

އެ ފަތުރުވެރިޔާ ކަނޑުމަތިން ސަލާމަތްކޮށް، ރައްކާތެރިކަމާއެކު އަނބުރާ ރިސޯޓަށް ގެންގޮސްދީފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;