މި ފޮތްތައް ނެރެދެއްވީ، ފައިނޭންޝަލް އެކްސްޕޯ ހުޅުވައިދެއްވުމަށްފަހު ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
އެކްސްޕޯގެ ތެރެއިން މޯލްޑިވްސް ޒަކާތު ހައުސްއިން ނެރެފައިވާ 4 ފޮތަކީ:
* ޒަކާތާއި އަގީދާ
* ޒަކާތާއި ސަދަގާތްދިނުމާ މެދު ބާރުއަޅުއްވާފައިވާ މިންވަރު
* ޒަކާތާއި ސަދަގާތް ދިނުމާ ގުޅޭ އަދަބުތަކާއި ޞަދަގާތްދީ އުޅޭ މީހުންގެ ސިފަތައް
* ޒަކާތުގެ ހުކުމްތަކުގެ ހުލާސާ
އެކްސްޕޯ ކުރިއަށްދާ މުއްދަތުގައި ޒަކާތު ހައުސްގެ ސްޓޯލަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ތަފާތު ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމަށް ވަނީ ބުނެފަ އެވެ. މީގެ ތެރޭގައި ދީނީ އިލްމުވެރިންނާއެކު ކުރިއަށްގެންދާ ޒަކާތާ ގުޅޭ ސުވާލާއި ޖަވާބު ސެޝަންތަކާއި، ޒަކާތު ހައުސްގެ ހިދުމަތްތަކާއި މަޝްރޫއުތަކާ ބެހޭ މައުލޫމާތު ދިނުމުގެ އިތުރުން މިހާރު ހުޅުވާލާފައިވާ ޒަކާތު ސްކޮލާޝިޕް ޕްރޮގްރާމާ ބެހޭ މައުލޫމާތު ދިނުމާއި ފޯމު ދޫކުރުން ހިމެނެ އެވެ.
މީގެ އިތުރުން، ސްޓޯލުގައި ކުރިއަށްގެންދާ ޒަކާތު ކުއިޒު ޕްރޮގްރާމުގައި ބައިވެރިވެގެން ކޮންމެ ދުވަހަކު ފައިސާގެ އިނާމު ހޯދުމުގެ ފުރުސަތު ލިބޭނެ ކަމަށްވެސް ވަނީ ބުނެފައެވެ
ހުޅުމާލެ ސެންޓްރަލް ޕާކުގައި ހުޅުވި މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯއަކީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ)އިން އިންތިޒާމު ކޮށްގެން ބާއްވާ އެކްސްޕޯއެކެވެ. މި އެކްސްޕޯ މިމަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;