ads
ފީފާ ވޯލްޑް ކަޕް: ރޮނާލްޑޯގެ ޕޯޗުގަލްއަށް މުބާރާތް ނިމިއްޖެ
އިތުރު ވަގުތުގެ ފުރަތަމަ މިނިޓް ތެރޭ މިކޭލް މެރީނޯ ޖެހި ގޯލުން 1-0 އިން ޕޯޗުގަލް ބަލިކޮށް، ސްޕެއިނުން ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުުރުކޮށްފި އެވެ.
Advertisement

އެމެރިކާގެ ޑެލަސް ސްޓޭޑިއަމްގައި މިރޭ ކުޅުނު ގަދަ 16 ގެ މެޗު ނިމުނީ 1-0 ގެ ނަތީޖާއަކުންނެވެ. މެޗު އިތުރު ވަގުތާ ދިމާލަށް ދަނިކޮށް، 91 ވަނަ މިނެޓުގައި ސްޕެއިނަށް ގޯލް ޖަހައިދީ، އެޓީމު ކުއާޓާ ފައިނަލަށް ގެންގޮސްދިނީ މިކޭލް މެރީނޯ އެވެ. ފެރާން ދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރެއިން ހުސްވެލުމަށްފަހު މެރީނޯ ފޮނުވާލީ ސީދާ ކަނަށެވެ. 

މެޗުގެ ފުރަތަމަ ހާފު ދެ ޓީމުންވެސް ވަރަށް ބޮޑަށް ބަލައިގެން ކުޅުނު މަންޒަރު ފެނިގެން ދިޔަ އެވެ. ޕޯޗުގަލްއަށް ލީޑު ނަގަން ފުރަތަމަ ހާފުގައި ލިބުނީ ރަނގަޅު އެއް ފުރުސަތެވެ. ނޫނޯ މެންޑޭސް ފޮނުވާލި ބޯޅައެއް ސްޕެއިން ޑިފެންޑަރު ފައިގަ ޖެހިފަ އަމާޒުވީ ގޯލުގެ މަތީ ދަނޑިއަށެވެ.

ދެވަނަ ހާފު ފެށުމާއެކު ސްޕެއިނުން ކުޅުން ވަރުގަދަކުރި އެވެ. ޑެނީ އޮލްމޯގެ ނުރައްކާ އިތުރުވިިއިރު، ޔަމާލްގެ ހަލުވި ދުވުންތަކުގެ ސަބަބުން ޕޯޗުގަލްގެ ޑިފެންސަށް ބާރުބޮޑުވި އެވެ. އެހެންނަމަވެސް، ޕޯޗުގަލްގެ ކީޕަރު ދިއޯގޯ ކޯސްޓާގެ ހުށިޔާރު ސަލާމަތްކުރުންތަކާއެކު، މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދިޔައިރުވެސް ދެ ޓީމު އޮތީ އެއްވަރުވެފަ އެވެ.

ދެވަނަ ހާފުގެ ފަހުކޮޅަށް ދިޔަ ވަރަކަށް މަޑުމަޑުން އިތުރު ހަމަލާތައް ފެންނަން ފެށިއެވެ. ބްރޫނޯ ފެނާންޑޭޒް އޭރިއާ ތެރެއިން ރަނގަޅު ޓާންއަކާއެކު ފޮނުވާލި ބޯޅަ އަރިމަތީ ދާގަނޑަށް އަމާޒުވި އިރު، އަނެއްކޮޅުން ފެރާން ޓޮރޭސް ކުޅެން ނުކުތުމާއެކު އޭނާގެ ނުރައްކާ ފާހަގަވި އެވެ. ރަނގަޅު މޫވްތަކެއް ފެރާން ނެގި ނަމަވެސް، ސީދާ ފުރުސަތެއް ހޯދުންވީ އުނދަގޫ ކަމަށެވެ.

މެޗުގެ 73 ވަނަ މިނެޓުގައި ލަމީން ޔަމާލް ފޮނުވާލި ހިލޭ ޖެހުން، ޕޯޗުގަލް ކީޕަރު ޑިއޯގޯ ކޮސްޓާ ޕަންޗުކޮށް ބޭރުކޮށްލި އިރު، އިރުކޮޅެއްފަހުން ޕެނަލްޓީ އޭރިއާ ތެރެއިން އޮލްމޯ ފޮނުވާލި ހަމަލާ، ޕޯޗުގަލް ޑިފެންޑަރު ރުބެން ޑިއާޒް ބްލޮކްކުރީ ވެއްޓިގެންފަ އެވެ.

your imageސްޕެއިންގެ މިކޭލް މެރީނޯ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

މެޗު ސްޕެއިން ކާމިޔާބުކުރީ 91 މިނިޓް ލަނޑެއް ނުޖެހި އެއްވަރުވެފައި ވަނިކޮށް ދެއްކި އިތުރު ވަގުތުގެ ހަ މިނިޓްގެ ތެރެއިން ފުރަތަމަ މިނިޓްގަ އެވެ. މިއީ، ބަދަލު ކުޅުންތެރިންގެ ގޮތުގައި ކުޅެން އެރި ތިން ކުޅުންތެރިއަކު ގުޅިގެން ކުރި އެޓޭކެއްގައި ޖެހި ގޯލެކެވެ. ހިލޭ ޖެހުމެއް އަވަހަށް ފަށާ ތަނަވަސްކުރި ފުރުސަތުގައި ފެރަން ޓޮރޭޒް ދިން ތްރޫ ޕާސް ތިރިތިރިން ގޯލަށް ފޮނުވާލީ މެރިނޯ އެވެ.

ކުއާޓާ ފައިނަލުގައި ސްޕެއިނުން ކުޅޭނީ ގަދަ 16 ބުރުގައި ބެލްޖިއަމާއި އެމެރިކާ ކުޅެގެން މޮޅުވާ ޓީމަކާ އެވެ. 

  • ޕޯޗުގަލްއަށް 233 މެޗު ކުޅެދީ 146 ލަނޑު ޖަހާފައިވާ ރޮނާލްޑޯގެ ވާހަކަ ކުރުކޮށް

މިއީ ރޮނާލްޑޯގެ ހަވަނަ ވޯލްޑް ކަޕެވެ. ރޮނާލްޑޯއަކީ ވޯލްޑް ކަޕްގެ ނޮކްއައުޓް މެޗެއްގައި އުމުރުން 41 އަހަރުގައި މިހާތަނަށް ކުޅުނު ހަމައެކަނި ކުޅުންތެރިޔާ ވެސް މެ އެވެ.

ވޯލްޑް ކަޕް ކާމިޔާބުވިޔަސް ނުވިޔަސް އޭނާގެ ތާރީހީ ކެރިއަރަށް ބަދަލެއް ނާންނާނެ ކަމަށާއި، މިއީ އޭނާގެ ކެރިއަރުގައި އެންމެ އުފާވެރި އަދި ޖަޒުބާތުން ފުރިގެންވާ އެއް މުބާރާތް ކަމަށް ރޮނާލްޑޯ އިއްޔެ ވަނީ ބުނެފަ އެވެ.

your imageޕޯޗުގަލްގެ ކިޓްގައި ރޮނާލްޑޯ

މިމެޗުގެ ކުރިން 41 އަހަރުގެ ރޮނާލްޑޯ ވަނީ މިއީ އޭނާގެ ފަހު ވަާލްޑްކަޕް ކަން އިއުލާނުކޮށްފަ އެވެ. އެހެންކަމުން ކުޅުންތެރިއެއްގެ ގޮތުގައި ވަރލްޑްކަޕް އުފުލާލުމުގެ ފުރުސަތަށް ނިމުން އައީ އެވެ. އެކަމަކު ގައުމީ ޓީމަށް ކުޅުން ހުއްޓާލާކަށް އަދި ރޮނަލްޑޯ ނުނިންމަ އެވެ.

ކާމިޔާބު ކެރިއަރުގައި ރޮނާލްޑޯ އަށް މަދުވަނީ ހަމައެކަނި ވޯލްޑް ކަޕްގެ ތައްޓެވެ. އެ މުބާރާތުގެ ތަށި ނޫން ހުރިހާ ކާމިޔާބެއް ރޮނާލްޑޯ ހޯދައިފި އެވެ. ނަމަވެސް ފީފާ ވޯލްޑް ކަޕް 2026 ރޮނާލްޑޯއަށް މިރޭ ނިމުނީ އެވެ. މިރެޔަކީ ވޯލްޑް ކަޕް ކާމިޔާބު ކުރުމުގެ ހުވަފެން ދެކެމުންދިޔަ "އިހު" ދުނިޔޭގެ އެއް ވަނަ ކުޅުންތެރިޔާ އަށް ރޮނާލްޑޯ އަށް ހިތްދަތި ރެއެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;